Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބޮޑު ބަންދާ ދިމާވުމުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބޮޑު ބަންދާ ދިމާވުމުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
52 ދުވަސް ކުރިން - 23 މެއި 2026 12:55
މިހާރު ހިއްކަމުންދާ ރަސްމާލެ ސަރަހައްދު. / ފޮޓޯ: ޚުލާސާ
މިހާރު ހިއްކަމުންދާ ރަސްމާލެ ސަރަހައްދު. / ފޮޓޯ: ޚުލާސާ
ޚުލާސާ

މިހާރު މުއްދަތު ހަމަވާނީ 15 ޖޫން ވާ ހޯމަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް. އެދިލައްވަނީ ރަނގަޅު ސްކީމަކަށްތޯއާއި، ހުރިހާ ލިޔެކިއުންތަކެއް ފުރިހަމަކުރުމަށް މިނިސްޓްރީން އިލްތިމާސްކުރޭ.

ސަރުކާރުން މާލެ ސަރަޙައްދުގައި ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު، 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ. މި ނިންމުން ނިންމާފައިވަނީ ޢީދު ބަންދާ ގުޅިގެން ގިނަ ރައްޔިތުންނަށް ލިޔެކިއުންތައް ހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެކަމަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ޖުމްލަ 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ. މި މަޝްރޫއުގެ ދަށުން ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ ފަރާތްތަކަށް 1،500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަށްޓަވާފައިވާ ރަސްމާލެ މަޝްރޫއުން 25,000 ގޯތި ދޫކުރުމަށް ވަނީ އަމާޒު ހިފާފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 15,000 ގޯއްޗެވެ.

Advertisement

Advertisement 1

މި ފަހަރު މުއްދަތު އިތުރުކޮށްދީފައިވާ މުހިންމު ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ:

  1. ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫޢު: ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ފްލެޓް ޙަވާލުނުކުރެވި ހުރި ފަރާތްތަކަށް ޚާއްޞަ ކެޓަގަރީ.
  2. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފްލެޓަށް އެދި ހުށަހެޅުމަށް ޚާއްޞަކުރެވިފައިވާ ކެޓަގަރީ.
  3. މާލޭގެ ރައްޔިތުންނަށް ދޫކުރާ ބިން: މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި.
  4. ބިންވެރިޔާ ސްކީމް (ކެޓަގަރީ 1): ކުރިން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ގޯއްޗަށް އެދެން ބޭނުންވާ ފަރާތްތަކަށް.
  5. ބިންވެރިޔާ ސްކީމް (ކެޓަގަރީ 2): ކުރިން ފްލެޓެއް އޮތުމުގެ ސަބަބުން ޝަރުޠު ހަމަނުވި ފަރާތްތަކުން، ފްލެޓް ދޫކޮށްލުމަށްފަހު ގޯއްޗަށް އެދި ހުށަހަޅާ ކެޓަގަރީ.

މިނިސްޓްރީން ބަޔާންކުރައްވާފައިވާ ގޮތުގައި، ގިނަ އަދަދެއްގެ ރައްޔިތުން އީދު ބަންދާ ދިމާކޮށް ރަށުން ބޭރުގައި އުޅެންޖެހުމުން، ބޭނުންވާ ލިޔެކިއުންތައް އެއްކުރުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އެހެންކަމުން، މި އިތުރުކުރެވުނު މުއްދަތުގެ ތެރޭގައި ހުރިހާ ފަރާތްތަކުންވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މި އިއުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 860-4004 އިން ފެށިގެން 865-4004 އާ ދެމެދުގެ ނަންބަރުތަކަށް ގުޅުއްވުމަށް ވަނީ އެދިފަ އެވެ.

އެންމެނަށް ބޯހިޔާވަހިކަން ސްކީމްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Ad
Ad

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

1 ދުވަސް ކުރިން - 14:14

ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ؛ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

15 ދުވަސް ކުރިން - 12:43

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

15 ދުވަސް ކުރިން - 12:43

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

16 ދުވަސް ކުރިން - 14:56

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

18 ދުވަސް ކުރިން - 21:44

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

24 ދުވަސް ކުރިން - 09:20