އާދީއްތަ ދުވަހުން ފެށިގެން ސްރީލަންކާއަށްދާ ކޮންމެ ދިވެއްސަކު ވެސް އެ ގައުމަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން، އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. މީގެ ފަހުން ކޮންމެ ގައުމެއްގެ މީހަކަސް ލަންކާއަށް ދެވޭނީ އީޓީއޭ ހުށަހަޅައިގެންނެވެ. ނަމަވެސް ދިވެހިންނަށް ކުރިން ވެސް އޮންނަ ގޮތަށް އިތުރު ފީ އަކާއި ނުލައި 90 ދުވަހުގެ ޓޫރިސްޓު ވިސާ ލިބޭނެއެވެ.
ލަންކާއަށް ދަތުރަށް ފެށުމުގެ 24 ގަޑިއިރު ކުރިން ހޯދަންޖެހޭ މި ހުއްދަ އަށް އެދި ހުށަހަޅަން ޖެހޭނީ eta.gov.lk ވެބްސައިޓުންނެވެ.
އީޓީއޭ ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރ މަހު ތެރޭގައި ވަގުތީ ގޮތުން އުވައިލިއެވެ. ނަމަވެސް މިހާރު އަނެއްކާ މިވަނީ އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސާފައެވެ.








