Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރުޅިވެރިކަމާއި، ނަފުރަތާއި، ހަސަދަވެރިކަން ދޫކޮށް ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

ރުޅިވެރިކަމާއި، ނަފުރަތާއި، ހަސަދަވެރިކަން ދޫކޮށް ރަހިމުގެ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް ހުތުބާގައި ގޮވާލައިފި

އައިޝަތު ރުވާ ރިފްޢަތު
98 ދުވަސް ކުރިން - 22 މެއި 2026 13:08
ހުތުބާގެ ވަގުތު (ސަލްމާން މިސްކިތް)---
ހުތުބާގެ ވަގުތު (ސަލްމާން މިސްކިތް)---
ޚުލާސާ

ހުތުބާގައި ބަޔާންކުރި ގޮތުގައި، ހައްޖުގެ އަޅުކަމަކީ އިންސާނާގެ ދުންޔަވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއްކަމަށް. އަދި އެއީ މާތް اللهގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމަށް ދެވޭ އަމަލީ ތަމްރީނެއް ކަމަށް.

ހައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި އަންނައިރު، ރަހިމުގެ ގުޅުމާއި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް މިއަދުގެ ހުކުރު ހުތުބާގައި ރާއްޖޭގެ އެންމެހައި މުސްލިމުންނަށް ގޮވާލައިފި އެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުތުބާ ހާއްސަކޮށްފައިވަނީ "ހައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް" މި މައުޟޫއަށެވެ.

ހުތުބާގައި ބަޔާންކުރި ގޮތުގައި، ހައްޖުގެ އަޅުކަމަކީ އިންސާނާގެ ދުންޔަވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއްކަން ހަނދާންކޮށްދޭ ކަމެކެވެ. އިހުރާމް ބަންނަ ހިނދުން ފެށިގެން ހައްޖުގެ މަނާސިކުތައް ނިމޭންދެން ހައްޖުވެރިޔާ ކުރިއަށްދާ ފަދައިން، އިންސާނާގެ މުޅި ހަޔާތަކީވެސް އާހިރަތަށްޓަކައި ކުރެވޭ ދަތުރެއްކަން ހުތުބާގައި ފާހަގަކުރިއެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ އުފަލެއް ކަމަށާއި، ދެމިހުންނަނިވި އުފަލަކީ އާހިރަތުގެ އުފާކަން ބަޔާންކޮށް، އެކަމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވި އެވެ.

Advertisement

Advertisement 1

ހައްޖުގެ މަނާސިކުތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، ހައްޖަކީ މާތް اللهގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމަށް ދެވޭ އަމަލީ ތަމްރީނެއް ކަމަށެވެ. އިހުރާމް ބަނުމުގެ ސަބަބުން ކުރިން ހުއްދަ ކަންތައްތަކެއް ހަރާމްވުމަކީ، ނަފުސު ކޮންޓްރޯލްކޮށް الله ހަރާމްކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް ލިބޭ ފިލާވަޅެކެވެ. އަދި ހައްޖުގެ ބުރަ އަޅުކަމުގެ ތެރޭގައި ކެތްތެރިކަން އިސްކޮށް، އުރެދުންތަކުން ދުރުހެލިވާ މީހާއަށް އޮތް ޖަޒާއަކީ ސުވަރުގެކަންވެސް ހުތުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން، ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު މުޖުތަމަޢަށް އެނބުރި އަންނަ މީހާއަކީ ރަހިމުގެ ގުޅުމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި ޢާއިލީ ގުޅުންތައް ދަމަހައްޓާ މީހަކަށް ވުމަށް ހުތުބާގައި ވަނީ ބާރުއަޅާފަ އެވެ.

ކުރިއަށް އޮތް ބަރަކާތްތެރި އަޟުހާ ޢީދާ ގުޅޭގޮތުން ހުތުބާގައި ބުނީ، އީދުގެ އުފާ ފާޅުކުރާއިރު މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ލޯބީގެ ޝުއޫރުތައް ފާޅުކުރަންޖެހޭ ކަމަށެވެ. އަދި ރުޅިވެރިކަމާއި، ނަފުރަތާއި، ހަސަދަވެރިކަން ދޫކޮށް، އެއްބަނޑު އެއްބަފާ އަހުންތަކެއްގެ ގޮތުގައި އުޅުމަށާއި، އިސްލާމީ އުސޫލުތަކުގެ ތެރޭގައި ޢީދުގެ އުފާ ފާޅުކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ހަސްނާ މުފީދު

98 ދުވަސް ކުރިން - 16:14

ވަރަށް ކިޔާހިތުން ކިޔާލި އާޓިކަލްއެއް. އާއިލީ ގުޅުން އަބަދުވެސް ބަހައްޓާނަން އިންޝާﷲ

ގުޅޭ ޚަބަރުތައް

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

7 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

14 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

21 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

28 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

35 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

42 ދުވަސް ކުރިން - 13:00