Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 16.8 ބިލިއަން ރުފިޔާ ލިބިއްޖެ

މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 16.8 ބިލިއަން ރުފިޔާ ލިބިއްޖެ

އައިޝަތު ރުވާ ރިފްޢަތު
99 ދުވަސް ކުރިން - 22 މެއި 2026 11:04
ފިނޭންސް، އަދި މީރާގެ ހުންނަ އިމާރާތުގެ ނަންބޯޑު. / ފޮޓޯ: ޚުލާސާ
ފިނޭންސް، އަދި މީރާގެ ހުންނަ އިމާރާތުގެ ނަންބޯޑު. / ފޮޓޯ: ޚުލާސާ
ޚުލާސާ

އާމްދަނީ އިތުރުވުމުގެ އެނެމް ބޮޑު ސަބަބަކީ ކޯޕަރޭޓް އިންކަމް ޓެކްސް އިތުރުވުން. މި ޓެކްސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %31.3 ކުރިއެރުމެއް ހޯދާފަ.

މި އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 16.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 14.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 12.2 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބޭ އާމްދަނީ އެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާ ނުވަތަ 17.1 އިންސައްތަ އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މި މުއްދަތުގައި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 31.3 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

Advertisement

Advertisement 1

ދައުލަތުގެ ޖުމްލަ ހަރަދުތަކަށް ބަލާއިރު، ރިކަރަންޓް އަދި ކެޕިޓަލް ހަަރަދުގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 22.4 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދު 14.7 ބިލިއަން ރުފިޔާގައި ހުރިއިރު، ކެޕިޓަލް ހަރަދު ވަނީ 2.0 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އާމްދަނީއާއި ހަރަދުގެ ތަފާތަށް ބަލާއިރު، ދައުލަތުގެ ބަޖެޓުން 118.2 މިލިއަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑުކުރެވިފަ އެވެ.

ހަރަދުތައް އިތުރުވި ދާއިރާތަކުގެ ތެރޭގައި ސަބްސިޑީއަށް ކުރި ޚަރަދު ފާހަގަކޮށްލެވެއެވެ. ސަބްސިޑީއަށް 2.3 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ 77.8 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މި ބަދަލު އައީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމުން، ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ބޮޑުވުމުންނެވެ. ނަމަވެސް ސަރުކާރުގެ މި ސިޔާސަތުގެ ސަބަބުން އަސާސީ މުދަލާއި ހަދުމަތްތަކުގެ އަގު ވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

މީގެ އިތުރުން، މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު 5.3 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މިއީ ސަރުކާރުގެ މުސާރަތައް އެއްހަމަކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން އައި ބަދަލެކެވެ. ދަރަނި އަދާކުރުމާއި އިންޓަރެސްޓަށް ކުރާ ހަރަދުތައް 2.1 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައިވާކަންވެސް ރިޕޯޓުން ހާމަވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބައިނަލްއަގްވާމީ މާސާލާތަކާއި މުސާރައިގެ ސިޔާސަތުތަކުގެ ސަބަބުން ޚަރަދުތައް އިތުރުވި ނަމަވެސް، ޓެކްސް އާމްދަނީ އިތުރުވުމާއި ސަރުކާރުގެ ހަރުދަނާ މާލީ ސިޔާސަތުތަކުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ވަނީ ވަރުގަދަކުރެވިފަ އެވެ.

ފިނޭންސްމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Advertisement
Advertisement

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

11 ދުވަސް ކުރިން - 11:13

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

11 ދުވަސް ކުރިން - 11:07

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

11 ދުވަސް ކުރިން - 13:11

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

12 ދުވަސް ކުރިން - 21:15

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

26 ދުވަސް ކުރިން - 16:07

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

38 ދުވަސް ކުރިން - 20:36