Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހައްޖުމަހުގެ 10 ދުވަހަށްވުރެ ހެޔޮ އަމަލުކުރަން ލޮބުވެތިވެގެންވާ ދުވަސްތަކެއް ނުވޭ: ހުތުބާ

ހައްޖުމަހުގެ 10 ދުވަހަށްވުރެ ހެޔޮ އަމަލުކުރަން ލޮބުވެތިވެގެންވާ ދުވަސްތަކެއް ނުވޭ: ހުތުބާ

އައިޝަތު ރުވާ ރިފްޢަތު
60 ދުވަސް ކުރިން - 15 މެއި 2026 13:03
ޖަލާލުއްދީން މިސްކިތް. / ފޮޓޯ: ޚުލާސާ
ޖަލާލުއްދީން މިސްކިތް. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ދުވަސްތަކުގައި ތައުބާވުމާއި، ރޯދަހިފުމާއި، ޒިކުރުކުރުމާއި، ސަދަގާތްކުރުމާއި، އުޟުހިޔާ ކަތިލުމުގެ އިތުރުން ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ހުތުބާގައި ވަނީ އިރުޝާދު ދީފައި.

ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ، އަދި ހެޔޮ އަމަލުކުރުމަށް އެންމެ މާތް ދުވަސްތައް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން" މި މައުޟޫއަށެވެ. ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ދުވަސްތަކުގެ މަތިވެރިކަން ބަޔާންކުރައްވައި މާތް ﷲ ކީރިތި ގުރުއާނުގައި ގަންދެއްވައި ހުވާ ކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރި އެވެ.

ހުތުބާގައި ރަސޫލާ ﷺ ގެ ހަދީޘްފުޅުތަކާ ހަވާލާދީ ބުނެފައިވަނީ، މި ދިހަ ދުވަހަށްވުރެ ﷲގެ ހަޟުރަތުގައި ސާލިހު އަމަލުކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ އެހެން އެއްވެސް ދުވަސްތަކެއް ނުވާ ކަމަށެވެ. އަދި މި ދުވަސްތަކުގައި ކުރާ ހެޔޮ އަމަލުގެ ދަރުމަ، ﷲގެ މަގުގައި ޖިހާދުކުރާ މީހާގެ ދަރުމައަށްވުރެ ވެސް އިތުރުވެގެންވާ ކަމަށް ހުތުބާގައި ބުންޏެވެ.

Advertisement

Advertisement 1

މި ދުވަސްތަކަކީ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި އިލްމުވެރިން ބަޔާންކުރައްވަނީ، އިސްލާމްދީނުގެ އެންމެ މަތިވެރި އަޅުކަންތައް ކަމުގައިވާ ނަމާދާއި، ރޯދައާއި، ސަދަގާތާއި، ހައްޖުގެ އަޅުކަން މި ދުވަސްތަކުގައި ޖަމާވާތީ އެވެ.

މި ދުވަސްތަކުގައި ކުރުމަށް ހުތުބާގައި އިރުޝާދު ދީފައިވާ ކަންކަން:

  1. ތައުބާވުން: ތެދުވެރި އިހުލާސްތެރި ތައުބާއަކުން ތައުބާވެ މި ދުވަސްތައް ފެށުން.
  2. ރޯދަހިފުން: ހާއްސަކޮށް އަރަފާތް ދުވަހު (ހައްޖު މަހުގެ 9 ވަނަ ދުވަހު) ރޯދަހިފުން. އެ ދުވަހުގެ ރޯދައަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާނޭ ކަމެކެވެ.
  3. ޒިކުރުކުރުން: ގިނަގިނައިން ތަކުބީރާއި، ތަސްބީހައާއި، ތަހުލީލު ކިޔައި ﷲ ހަނދުމަކުރުން. މަގުތަކާއި ބާޒާރުމަތީގައި ވެސް އަޑުހަރުކޮށް ތަކުބީރު ކިޔުމަކީ ސުންނަތެކެވެ.
  4. ސަދަގާތްކުރުން: މާތް ﷲގެ މަގުގައި ގިނަގިނައިން ހޭދަކުރުން.
  5. އުޟުހިޔާ ކަތިލުން: ޢީދު ނަމާދަށްފަހު އުޟުހިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ.
  6. ހައްޖުގެ އަޅުކަން: ކުޅަދާނަކަން ލިބިގެންވާ މީހާ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުން.

ހުތުބާ ނިންމާލަމުން ވަނީ، މި މަތިވެރި ދުވަސްތަކުގައި ފާފަތަކާއި ނުބައި އަމަލުތަކުން ދުރުހެލިވުމަށް ގޮވާލާފައެވެ. ނެތިމޮށުމާއި، ދެބައޮޑުވުމާއި، ފިތުނަ އުފެއްދުން ފަދަ އަމަލުތަކުން ދުރުހެލިވެ، ﷲ ލޯބިވެވޮޑިގަންނަވާ ކަންކަމުގައި ދެމިތިބުމަށް ހުރިހާ މުސްލިމުންނަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހުކުރު ޚުޠުބާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

4 ދުވަސް ކުރިން - 13:00

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

11 ދުވަސް ކުރިން - 14:29

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

18 ދުވަސް ކުރިން - 13:33

ހުތުބާ: އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި މާތް ދުވަސް

"އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ދުވަސް"

25 ދުވަސް ކުރިން - 13:30

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

32 ދުވަސް ކުރިން - 13:05

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ހުތުބާގައި ގޮވާލައިފި

"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރޭ"

39 ދުވަސް ކުރިން - 13:00