Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިތިބީ ވަކި ނުކުރެވޭ ވަރަށް އެކުއެކީގައި: އަބްދުއްރަހީމް

މިތިބީ ވަކި ނުކުރެވޭ ވަރަށް އެކުއެކީގައި: އަބްދުއްރަހީމް

ހުސައިން އިސްމާއިލް
72 ދުވަސް ކުރިން - 14 މެއި 2026 21:40
ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ
ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ
ޚުލާސާ

ކުރީގެ ތިން ރައީސުން އެކީގައި މަސައްކަތް ކުރެއްވި ނަމަވެސް، އެ ބޭފުޅުން އެކަކު އަނެކަކަށް އިތުބާރު ނުކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ލީޑަރިޝަން އޮތީ ވަކިނުކުރެވޭނެ ފަދަ ވަރުގަދަ ބަދަހިކަމެއްގައި ކަމަށާއި، އެންމެންގެވެސް އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މި ސަރުކާރު އޮތީ ހައްގުގެ މަގުގައި ކަމަށާއި، އިދިކޮޅުގައި ތިއްބަވައިގެން ވެސް އަދި އެއްކޮޅުގައި ތިއްބަވައިގެން ވެސް މިއަދު ދައްކަވަނީ ހައްގުގެ ވާހަކަ ކަމަށެވެ.

ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އެ ތިން ރައީސުން އެކީގައި މަސައްކަތް ކުރެއްވި ނަމަވެސް، އެ ބޭފުޅުން އެކަކު އަނެކަކަށް އިތުބާރު ނުކުރައްވާނެ ކަމަށެވެ. އަދި އެ ތިން ވެރިކަމުގައި ވެސް ހިނގާފައިވާ އަނިޔާވެރިކަމުގެ ވާހަކަތައް އޭނާ ހަނދާންކޮށްދެއްވިއެވެ.

Advertisement

Advertisement 1

"އިންސާނަކަށް ޖެހޭނެ އެންމެ ހިތާމަވެރި ބައްޔަކީ ހަނދާން ނެތޭ ބަލި،" ކުރީގެ ރައީސުންނަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލި ކަމަށް ބުނެ ކުރިން ތުހުމަތު ކުރެއްވި ބަޔަކާ އެކު، މިއަދު ރައީސް ޔާމީން ނިކުންނެވުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް، އެ ބޭފުޅުން އެކީގައި މަސައްކަތް ކުރައްވަން ނިކުންނަވާތީ އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ އެތެރޭގެ މަސްލަހަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ޕާޓީގެ ތެރޭގައި ރިޔާސީ ޓިކެޓު ހޯއްދެވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނުވަތަ އަޒުމެއް އެއްވެސް ބޭފުޅެއްގެ ކިބައިގައި ނެތް ކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ ބޭފުޅުންވެސް ތިއްބެވީ 2028 ވަނަ އަހަރު ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކާމިޔާބު ކޮށްދެއްވުމުގެ ސާބިތު އަޒުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲޕީއެންސީރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

3 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

3 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

4 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

4 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

5 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

21 ގަޑިއިރު ކުރިން - 20:04