Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުރީގެ ތިން ރައީސުން އެއްގަލަކަށް އަރުއްވައިގެން އުޅުއްވަނީ ރިޔާސީ ޓިކެޓުގެ ބޭނުމުގައި: މުންދު

ކުރީގެ ތިން ރައީސުން އެއްގަލަކަށް އަރުއްވައިގެން އުޅުއްވަނީ ރިޔާސީ ޓިކެޓުގެ ބޭނުމުގައި: މުންދު

އައިޝަތު ރުވާ ރިފްޢަތު
68 ދުވަސް ކުރިން - 14 މެއި 2026 16:36
ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން މުހައްދު ޝަރީފް (މުންދު). / ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން މުހައްދު ޝަރީފް (މުންދު). / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މުންދު ވިދާޅުވީ ތިން ރައީސުންނަކީ އެކަކު އަނެއްކަކު ހައްޔަރު ކުރި ރައީސުން ކަމަށް. އަދި ސިޔާސީ ކަންކަމުގައި އުޅުއްވަނީ 2028 އަށް ޓިކެޓު ހޯއްދެވުމުގެ ބޭނުމުގައި ކަމަށް.

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީނާއި، އިބްރާހިމް މުހައްމަދު ސާލިހު އެއްގަލަކަށް އަރުއްވައިގެން އުޅުއްވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ވާދަކުރާނެ ކެންޑިޑޭޓަކު ހޯދުމުގެ ބޭނުމުގައި ކަމަށް ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ "ޕްރެސާ ވިތު ސްޕޮކްސް" ގައި ޚުލާސާގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، މި ތިން ރައީސުންގެ ވެރިކަމުގައި ހިނގާދިޔަ ކަންތައްތައް ހުރިހާ ދިވެހި ރައްޔިތުންވެސް ހަނދުމަފުޅު ހުންނާނެ ކަމަށެވެ. އެގޮތުން ރައީސް ސާލިހުގެ ވެރިކަމުގެ ރަނގަޅާއި ނުބައި މިނެކިރާލަން ކޮންމެ ޒުވާނަކަށްވެސް އެނގޭނެ ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގެ ހަނދާންތައް ބައެއް ޒުވާނުންގެ ކިބައިން ފަނޑުވެފައި ހުރެދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި މުންދު އަމިއްލަފުޅަށް އެކި ދާއިރާތަކުން ހިދުމަތް ކުރައްވާފައިވާކަންވެސް ފާހަގަކުރެއްވި އެވެ.

މުންދު ވިދާޅުވި ގޮތުގައި، މި ތިން ރައީސުންނާއި ވޭތުވެދިޔަ ދެ އަހަރު ދުވަހު ވީނުވީއެއް ނޭނގި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުން މިހާރު "ހޮރުހޮރުން" ނުކުމެ ބަސް ވިދާޅުވާން ފަށާފައިވަނީ 2028 ގައި ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، އެމަނިކުފާނާ ވާދަކުރާނެ މީހަކު ހޯދުމުގެ ނިޔަތުގަ އެވެ. މި މަންޒަރު އެމްޑީޕީގެ ތެރެއިންވެސް ފެންނަމުންދާ ކަމަށާއި، އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބަށްފަހު ވަކި ހިސާބަކުން ކޮންމެސް ބޭފުޅަކަށް ރިޔާސީ ޓިކެޓު އަރުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement 1

"މި ސަރުކާރާ ވާދައަށް އުޅޭ މީހަކު މި ސަރުކާރަށް ފާޑުނުކިޔާނަމަ، އެ ކުޅެވެނީ އެބޭފުޅުންގެ އޯޑިއަންސަކާ ނޫންކަން ސިޔާސީ ކަންކަން މާބޮޑަށް ނޭނގޭ މީހަކަށްވެސް އެނގޭނެ،" މުންދު ވިދާޅުވި އެވެ.

ކުރީގެ ތިން ރައީސުންނަށް ފާޑުވިދާޅުވަމުން މުންދު ވަނީ އެ ބޭފުޅުންނަކީ މީގެ ކުރިން ކިހާ ގާތްކޮށް އުޅުއްވި ބޭފުޅުންތޯ ސުވާލު އުފައްދަވާފަ އެވެ. އޭނާ ވިދާޅުވީ އެއީ އެކަކު އަނެކަކަށް އެންމެ ބޮޑަށް ވާދަކޮށް، އެކަކު އަނެކަކު ހައްޔަރުކޮށް، ސިޔާސީ ގޮތުން އެންމެ ބޮޑު ހަތުރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. ނަމަވެސް މިއަދު އެ ބޭފުޅުން އެއްގަލަކަށް އަރައިގެން އުޅުއްވަނީ ހަމައެކަނި ސިޔާސީ ބޭނުމެއްގައި ކަމަށް މުންދު ތުހުމަތު ކުރެއްވި އެވެ.

ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފު (މުންދު)ރައީސުލްޖުމްހޫރިއްޔާގެ އޮފީސްރައީސް ޔާމީންރައީސް މުޙައްމަދު ނަޝީދުއިބްރާހިމް މުހައްމަދު ސޯލިހް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

10 ގަޑިއިރު ކުރިން - 13:44

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

2 ދުވަސް ކުރިން - 12:41

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ނިންމައިފި

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް

6 ދުވަސް ކުރިން - 14:33

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

9 ދުވަސް ކުރިން - 18:50

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 12 ގައި ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

11 ދުވަސް ކުރިން - 17:02