Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޯޓުން ވަކި ގޮތެއް ނިންމަންދެން "އަދަދު" ގެ ޑޮކިއުމަންޓްރީއާ ގުޅޭ ވާހަކަދެއްކުން މަނާކޮށް އަމުރެއް ނެރެފި

ކޯޓުން ވަކި ގޮތެއް ނިންމަންދެން "އަދަދު" ގެ ޑޮކިއުމަންޓްރީއާ ގުޅޭ ވާހަކަދެއްކުން މަނާކޮށް އަމުރެއް ނެރެފި

އައިޝަތު ރުވާ ރިފްޢަތު
76 ދުވަސް ކުރިން - 10 މެއި 2026 20:28
އަދަދު ނޫހުގެ ހުސައިން ފިޔާޒް އަދި ހަސަން މުހައްމަދު---
އަދަދު ނޫހުގެ ހުސައިން ފިޔާޒް އަދި ހަސަން މުހައްމަދު---
ޚުލާސާ

މި އަމުރު ނެރެފައިވަނީ މި މައްސަލައިގެ ޝަރީޢަތް ނިމި، ވަކި ގޮތެއް ކަނޑައަޅަންދެން މުޖުތަމަޢުގެ އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ޝަރީއަތަށް ނުފޫޒު ފޯރުވިޔަ ނުދިނުމަށް.

އޮންލައިން ނޫސް "އަދަދު" ގެ ހުސައިން ފިޔާޒް އަދި ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުގެ ދައުވާއާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ޑޮކިއުމަންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުމާއި، އެ ވީޑިއޯ ފެތުރުން މަނާކޮށް ކޯޓުން ވަރުގަދަ އަމުރެއް ނެރެފި އެވެ.

ކޯޓުން މި އަމުރު ނެރެފައިވަނީ މި މައްސަލައިގެ ޝަރީޢަތް ނިމި، ވަކި ގޮތެއް ކަނޑައަޅަންދެން މުޖުތަމަޢުގެ އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ޝަރީއަތަށް ނުފޫޒު ފޯރުވިޔަ ނުދިނުމަށެވެ.

ކޯޓު އަމުރުގައި ހިމެނޭ މުހިންމު ނުކުތާތައް:

Advertisement

Advertisement 1
  1. ވީޑިއޯ ދައުރުކުރުމާއި ވާހަކަދެއްކުން މަނާކުރުން: މި މައްސަލާގައި ދައުވާ ކުރެވިފައިވާ ހާދިސާއާ ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި އެއްވެސް ސިފައެއްގައި ދައުރުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެ ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް، އެއްވެސް ފަރާތަކުން ދެއްކުން ކޯޓުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން، ޝަރީއަތަށް ހުށަހެޅިފައިވާ މި ޑޮކިއުމަންޓްރީއާ ގުޅުވައިގެން މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ދެއްކުމަކީވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
  2. ޝަރީޢަތް ސިއްރުކުރުމާއި މައުލޫމާތު ހިފެހެއްޓުން: މި މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ، މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމަށްޓަކައި އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ކަމަށް ކޯޓުން ބުނެފައިވެ އެވެ. އެހެންކަމުން، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކާއި ޝަރީއަތުގެ އެއްވެސް މައުލޫމާތެއް ބޭރުގެ ފަރާތްތަކަށް ފެތުރުން ވަނީ މަނާކޮށްފަ އެވެ.
  3. ކޯޓުގެ ހުރުމަތް ހިފެހެއްޓުން: ކޯޓުން ނެރުނު މި އަމުރުގައި ވަނީ، މަތީގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް ކުރެވޭ ކޮންމެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާމެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.

މި މައްސަލައަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި، މީހުންގެ އަބުރާއި، އިސްލާމީ އަހްލާގީ މިންގަނޑުތަކާ ގުޅުންހުރި މައްސަލައަކަށް ވާތީ، މައްސަލައިގެ ހުރިހާ މަރުހަލާއެއްގައިވެސް އަދުލުވެރިކަން ދެމެހެއްޓުމަށް ކޯޓުން އިސްކަންދޭނެ ކަމެކެވެ. މި ވަގުތީ އަމުރަކީ ޝަރީއަތުން މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން ދެމިއޮންނާނެ އަމުރެކެވެ.

ކްރިމިނަލް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

7 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

46 ދުވަސް ކުރިން - 11:09

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

73 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

73 ދުވަސް ކުރިން - 16:23

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

ޒާތީނުވެ، އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރުކުރެވޭނެ: ހީނާ

74 ދުވަސް ކުރިން - 00:06