Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިރިއުޅުމުގެ ހުރިހައި ޚަރަދަކީ ޙަލާލުގޮތުގައި ހޯދާ ފައިސާއިން ކުރާ ޚަރަދުތަކަކަށް ހަދަންޖެހޭ: ޚުޠުބާ

ދިރިއުޅުމުގެ ހުރިހައި ޚަރަދަކީ ޙަލާލުގޮތުގައި ހޯދާ ފައިސާއިން ކުރާ ޚަރަދުތަކަކަށް ހަދަންޖެހޭ: ޚުޠުބާ

ހުސައިން އިސްމާއިލް
112 ދުވަސް ކުރިން - 8 މެއި 2026 13:27
މާލޭގެ މިސްކިތެއް. / ފޮޓޯ: ޚުލާސާ
މާލޭގެ މިސްކިތެއް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ޙައްޖަށް ދިޔުމުގެ ކުރިން އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމަށާއި، ދަރަނިތަކާއި ލިބެންހުރި ތަކެތި ލިޔެ ބެލެހެއްޓުމަށްވެސް ޚުޠުބާގައި ނަޞޭޙަތްތެރިވި.

ދިރިއުޅުމުގެ ހުރިހައި މައިދާނެއްގައި ކުރާ ޚަރަދުތަކަކީ ޙަލާލު ގޮތުގައި ހޯދާފައިވާ މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ހެއު ގޮތުގައި ވެވޭ ޙައްޖު" މި މައުޟޫޢުގެ މައްޗަށެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޙައްޖު ވާޖިބުވުމަށްފަހު އެކަމަށް ކެރިކުޅަދާނަވެއްޖެ މީހާ، އެ އަޅުކަން އަދާކުރުމަށް އަވަސްވެގަންނަންޖެހެއެވެ. އެއީ މާދަމާ ކަންތައް ދިމާވާނެ ގޮތެއް އެކަކަށްވެސް ނޭނގޭނެތީއެވެ. ޙައްޖުވުމުގެ ކުޅަދާނަކަން ލިބިގެންވަނީ ޞިއްޙީ ގޮތުންނާއި، މާލީ ގޮތުން ތަނަވަސްކަން ހުރުމުގެ އިތުރުން މަގު އަމާންވެގެންވުމެވެ.

Advertisement

Advertisement 1

މިއަދުގެ ޚުޠުބާގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޙައްޖުގެ އަޅުކަމަށް ކުރާ ޚަރަދާއި، ޢާންމު ދިރިއުޅުމުގެ ޚަރަދުތައް ޙަލާލު ތަކެއްޗަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށެވެ. "ހަމަކަށަވަރުން މާތް ﷲއީ ހުރިހައި ޢައިބަކުން ހުސްދުރުވެވޮޑިގެންވާ ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ. ޠާހިރު އަދި ޙަލާލު ތަކެއްޗާއި ކަންތައް މެނުވީ އެކަލާނގެ ޤަބޫލެއް ނުކުރައްވައެވެ،" ރަސޫލާގެ ޙަދީޘްފުޅެއްގެ މާނަ ބަޔާންކުރައްވަމުން ޚުޠުބާގައި ވިދާޅުވިއެވެ.

ޙައްޖަށް ދިޔުމުގެ ކުރިން އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމަށާއި، ދަރަނިތަކާއި ލިބެންހުރި ތަކެތި ލިޔެ ބެލެހެއްޓުމަށްވެސް ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ. އަދި ހެއު ގޮތުގައި ވެވޭ ޙައްޖަކީ (ޙައްޖު މަބްރޫރު) އެކަމުގެ ޖަޒާއަކަށް ސުވަރުގެ ނޫން އެހެން ކަމެއް ނެތް މަތިވެރި އަޅުކަމެއްކަން ފާހަގަކުރެއްވިއެވެ.

ހެއު ގޮތުގައި ޙައްޖު ވެވުނުކަމުގެ ޢަލާމާތަކީ، ޙައްޖުން އެނބުރި އައުމަށްފަހު މީހާގެ ދިރިއުޅުން ހެއު މަގަށް ބަދަލުވެ، މާތް ﷲ މަނާކުރެއްވި ކަންތައްތަކުން ދުރުހެލިވެ، އަމުރުފުޅުތަކަށް ކިޔަމަންތެރިވުން ކަމުގައި ޚުޠުބާގައި ބަޔާންކުރިއެވެ.

ޙައްޖުގެ އަޅުކަމަކީ ޝައްވާލު، ޛުލްޤަޢިދާ އަދި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި އަދާކުރެވޭ އަޅުކަމެކެވެ. ޚާއްޞަކޮށް ޢަރަފާތް ދުވަހު ޢަރަފާތް ބިމުގައި ހުރުމަކީ ޙައްޖުގެ އެންމެ ބޮޑު ރުކުން ކަމަށާއި، އެ ރުކުން ފުރިހަމަ ނުކޮށްފި މީހަކަށް އެ އަހަރުގެ ޙައްޖު ނުލިބޭނެކަންވެސް މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

7 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

14 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

21 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

28 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

35 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

42 ދުވަސް ކުރިން - 13:00

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%