ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކަށް ސަމާލުވުމުގެ ގޮތުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވަނީ "ހެންޓަވައިރަސް" އާ ގުޅޭ މުހިންމު މައުލޫމާތުތަކެއް އާންމުކޮށްފައެވެ. މި ބައްޔަކީ އިންސާނުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ބައްޔެކެވެ. ކޮވިޑް19 އަކީ ވެސް ނުރައްކާތެރި ބައްޔެއް ކަމަށް އޭރު މުޅި ދުނި ޤަބޫލުކުރިއެވެ.
ހެންޓަވައިރަސް އަކީ މައިގަނޑު ގޮތެއްގައި މީދަލުގެ ޒަރީއާއިން އިންސާނުންގެ ގަޔަށް އަރާ 'ޒޫނޮޓިކް' (ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ) ވައިރަހެކެވެ. ޑަބްލިއު.އެޗް.އޯ އިން ފާހަގަކުރާ ގޮތުގައި މި ވައިރަހުގެ ސަބަބުން ދެ ބާވަތެއްގެ ބަލި ޖެހެއެވެ. އެއީ އެމެރިކާ ބައްރުގައި އާންމުކޮށް ފެންނަ، ފުއްޕާމެއަށާއި ހިތަށް ބޮޑެތި ގެއްލުންތަކެއްދޭ "ހެންޓަވައިރަސް ޕަލްމޮނަރީ ސިންޑްރޯމް" އާއި، ވިލާތާއި އޭޝިއާގައި އާންމު، ގުރުދާ ނުވަތަ ކިޑްނީއަށް ބޮޑެތި ގެއްލުންތަކެއް ދޭ "ހީމޮރޭޖިކް ފީވާ ވިތު ރީނަލް ސިންޑްރޯމް" އެވެ.
ބަލި ފެތުރޭ ގޮތް، ކުރު މަޢުލޫމާތު ކޮޅެއް:
މި ވައިރަސް އިންސާނުންގެ ހަށިގަނޑަށް ވަންނަނީ ބަލިޖެހިފައިވާ މީދާ ފަދަ ތަކެތީގެ ނަޖިސް، ކުޑަކަމުދާ ތަކެތި ނުވަތަ ކުޅު ވައިގެ ތެރެއަށް ގޮސް، ނޭވާލުމުގެ ތެރޭގައި ހަށިގަނޑަށް އެތެރެވުމުންނެވެ. މި ތަކެތި ހިކިގެން ވައިގެ ތެރެއަށް ފެތުރިފައި ހުންނަ ވަގުތުތަކުގައި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
މީގެ އިތުރުން، ބަލިޖެހިފައިވާ މީދަލެއް ދަތްއެޅުމަކީވެސް ބަލި ފެތުރިދާނެ ސަބަބެކެވެ. އިންސާނުންގެ މެދުގައި މި ބަލި ފެތުރުން އާންމުކޮށް މަދު ނަމަވެސް، ދެކުނު އެމެރިކާގައި ފެންނަ "އެންޑީޒް ވައިރަސް" އިންސާނުންގެ މެދުގައި ފެތުރޭކަން ވަނީ ފާހަގަކުރެވިފައެވެ.
ބަލީގެ އަލާމާތްތަކާއި ނުރައްކާބަލި ޖެހުމަށްފަހު އަށް ހަފުތާއާ ދެމެދުގެ މުއްދަތެއްގައި އަލާމާތްތައް ފެންނަން ފަށައެވެ. އޭގެ ތެރޭގައި ގަދައަށް ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ބަނޑުގައި ރިއްސުން އަދި ހޮޑުލުން ހިމެނެއެވެ. ބަލި ބޮޑުވަމުންދާ ވަރަކަށް ނޭވާލާން އުނދަގޫވުމާއި، ފުއްޕާމޭގައި ފެން ހެދުމާއި، ލޭ ހިލުމާއި، ބައެއް ހާލަތްތަކުގައި ކިޑްނީ ފެއިލްވުން ފަދަ ނުރައްކާތެރި ކަންކަން މެދުވެރިވެއެވެ. މިއީ އެމެރިކާ ބައްރުގައި މަރުގެ ރޭޓު 50 އިންސައްތައާ ހަމައަށް އުފުލޭ ނުރައްކާތެރި ބައްޔެކެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައްމި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް އަދި ހޯދިފައެއް ނުވެއެވެ. އެހެންކަމުން ރައްކާތެރިވުމަށްޓަކައި ޑަބްލިއު.އެޗް.އޯ އިން އިރުޝާދު ދެނީ:
- ދިރިއުޅޭ މާހައުލަކީ މީދާ ފަދަ ތަކެތިން ސަލާމަތްވެފައިވާ ތަނަކަށް ހެދުން.
- ގޭތެރެއާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުން.
- ކާބޯތަކެތި ރައްކާތެރިކަމާއެކު މީދަލަށް ނުލިބޭނެހެން ބަންދުކޮށްފައި ބެހެއްޓުން.
- މީދަލުގެ ނަޖިސް ހުރި ތަންތަން ސާފުކުރާއިރު، ހިރަފުސް ނުއުފެދޭނެހެން ފެން ޖަހައިގެން ތެތްކޮށް ސާފުކުރުން.
ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދާށެވެ. މިއީ ކޮވިޑް19 އިގައި ކަންތައްތައް ކުރި ގޮތަށް އިދާރާތައް ބިރުން ހާސްވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.










