Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހެންޓަވައިރަސްގެ 11 ކޭސް، 3 މަރު!

ހެންޓަވައިރަސްގެ 11 ކޭސް، 3 މަރު!

ހުސައިން އިސްމާއިލް
46 ދުވަސް ކުރިން - 8 މެއި 2026 23:35
ހެންޓަވައިރަސް ފެނިގެން އުޅޭ ކްރޫޒް ޝިޕް.
ހެންޓަވައިރަސް ފެނިގެން އުޅޭ ކްރޫޒް ޝިޕް.
ޚުލާސާ

ބައެއް ގައުމުތަކުގައި މި ބަލި ޖެހޭ މީހުންގެ ދެބައިކުޅަ އެއްބައި މަރުވޭ. މިއީ މީދަލާއި އެހެނިހެން ދިރޭ ތަކެތީގެ ޒަރިއްޔާއިން އުފެދޭ ބައްޔެއް.

އާޖެންޓީނާއިން ކެނެރީ އައިލެންޑްސްއަށް ދަތުރުކުރަމުންދިޔަ ލަގްޒަރީ ކްރޫޒް ޝިޕެއް ކަމަށްވާ "އެމް.ވީ ހޮންޑިއަސް" އިން ހެންޓަވައިރަސްގެ 11 ކޭސް ފެނިފައިވާ ކަމަށާއި، މިހާތަނަށް 3 މީހުން މަރުވެފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން ހާމަކުރި ގޮތުގައި މި އުޅަނދުން ފެނިފައިވަނީ ހެންޓަވައިރަސްގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "އެންޑީސް ވައިރަސް" އެވެ.

ކްރޫޒް ޝިޕްތަކުގައި އާންމުކޮށް ފެތުރޭ ނޯރޯވައިރަސް ނުވަތަ އީ-ކޮލައި ފަދަ ބަލިތަކާ ޚިލާފަށް، ކްރޫޒް ޝިޕެއްގައި ހެންޓަވައިރަސް ފެތުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ. މި ބަލި ޖެހުނު މީހުންގެ ކިބައިން ފެނުނު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބަނޑުގެ މައްސަލަތައް ދިމާވުމަށްފަހު، ވަރަށް އަވަހަށް ނިއުމޯނިއާއަށް ބަދަލުވެ ހިތް ހުއްޓުން ފަދަ ނުރައްކާތެރި ހާލަތްތައް ހިމެނެއެވެ.

Advertisement

Advertisement 1

ހެންޓަވައިރަސް އަކީ ކޮބައި؟

ހެންޓަވައިރަސް އަކީ މީދަލާއި އެފަދަ އެހެނިހެން ދިރުންތަކުގެ ޒަރީއާއިން އިންސާނުންގެ ގަޔަށް އަރާ ވައިރަހެކެވެ. މި ވައިރަސް އާންމުކޮށް ފެތުރެނީ:

  1. މީދަލުގެ ކުޑަކަމުދާ އެއްޗިއްސާއި، ނަޖިހާއި އަދި ކުޅުގައި ހުންނަ ޖަރާސީމު ވައިގެ ތެރެއަށް އެކުވެ، އެ ނޭވާލާ ނިޒާމުގެ ތެރެއަށް ގޮސްގެން.
  2. ވައިރަސް ހުރި އެއްޗެއްގައި އަތްލުމަށްފަހު އަނގަ ނުވަތަ ނޭފަތުގައި އަތްލުމުން.
  3. މި ވައިރަހުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުމުން.

ހެންޓަވައިރަސް ޢާން،ު ގޮތެއްގައކ އިންސާނުންގެ މެދުގައި ނުގެތުރުނު ނަމަވެސް، މިހާރު ފެނިގެން އުޅޭ "އެންޑީސް ވައިރަސް" އަކީ އިންސާނުންގެ މެދުގައި ފެތުރުމުގެ ގާބިލްކަން ހުރި ހަމައެކަނި ބާވަތެވެ. މިއީ ގާތް ކޮންޓެކްޓްގެ ސަބަބުން، މިސާލަކަށް އެއް އެނދެއްގައި ނިދުމާއި، ކާބޯތަކެތި ހިއްސާކުރުން ފަދަ ކަންކަމުން ފެތުރޭ ބާވަތެކެވެ.

އާޖެންޓީނާ ފަދަ ގައުމުތަކުގައި މި ވައިރަސް ޖެހޭ މީހުންގެ ގާތްގަނޑަކަށް 50 އިންސައްތަ މީހުން މަރުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާރު މި ކްރޫޒް ޝިޕް އޮތީ ކޭޕް ވާޑޭއަށް ކައިރިކުރުމުގެ ހުއްދަ ނުލިބުމުން ކަނޑުމަތީގައި ތާށިވެފައެވެ. އަދި އުޅަނދުގައި ތިބި ފަސިންޖަރުން ތިބީ އެމީހުންގެ ކެބިންތަކުގައި ކަރަންޓީނުކޮށްފައެވެ. ޑަބްލިއު.އެޗް.އޯ އިން ބުނާ ގޮތުގައި އާންމު ރައްޔިތުންނަށް މި ބަލީގެ ނުރައްކާ މިވަގުތު ކުޑައެވެ. އެހެނީ މި ވައިރަސް އިންސާނުންގެ މެދުގައި ފެތުރެނީ ވަރަށް ބޮޑަށް ގާތްވުމުން ކަމަށްވާތީއެވެ.

ބަލިޑަބްލިޔޫއެޗްއޯހަންޓާވައިރަސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

22 ދުވަސް ކުރިން - 23:07

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިން ފަސް މީހަކު ރަނގަޅުވެއްޖެ

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިން ފަސް މީހަކު ރަނގަޅުވެއްޖެ

23 ދުވަސް ކުރިން - 20:36

ކޮންގޯގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާތީ އެމް.އެސް.އެފް އިން އިންޒާރު ދީފި

ކޮންގޯގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާތީ އެމް.އެސް.އެފް އިން އިންޒާރު ދީފި

24 ދުވަސް ކުރިން - 05:33

ހަންޓާވައިރަސް: އާންމުން ކަންބޮޑުވާންޖެހޭ ފަދަ ނުރައްކަލެއް އެބައޮތްތަ؟

ހަންޓާވައިރަސް: އާންމުން ކަންބޮޑުވާންޖެހޭ ފަދަ ނުރައްކަލެއް އެބައޮތްތަ؟

43 ދުވަސް ކުރިން - 21:52

"ހެންޓަވައިރަސް" - ކޮވިޑްް ގޮތަށް ހާސް ވާކަށް ނުޖެހޭ!

"ހެންޓަވައިރަސް" - ހާސްވާކަށް ނުޖެހޭ!

47 ދުވަސް ކުރިން - 13:10

ޑަބްލިޔުއެޗްއޯއަށް ފައިސާ ތާށިވެ ގިނަބަޔަކަށް ފަރުވާ ނުލިބިދާނެ ކަމުގެ ބިރު!

ޑަބްލިޔުއެޗްއޯއަށް ފައިސާ ތާށިވެ، ފަރުވާ ނުލިބިދާނެކަމުހެ ބިރު!

140 ދުވަސް ކުރިން - 03:07