Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޗޭޑްގައި ބޯކޯ ހަރާމްއިން ދިން ވަރުގަދަ ހަމަލާއެއްގައި 23 ސިފައިން މަރުވެއްޖެ

ޗޭޑްގައި ބޯކޯ ހަރާމްއިން ދިން ވަރުގަދަ ހަމަލާއެއްގައި 23 ސިފައިން މަރުވެއްޖެ

ހުސައިން އިސްމާއިލް
63 ދުވަސް ކުރިން - 7 މެއި 2026 07:59
ބޯކޯހަރާމްގެ ބަޔަކު ހަތިޔާރާއި އެކު ޗޭޑުގައި.
ބޯކޯހަރާމްގެ ބަޔަކު ހަތިޔާރާއި އެކު ޗޭޑުގައި.
ޚުލާސާ

ޗޭޑުގެ ރައީސް ވިދާޅުވީ ބޯކޯހަރާމްގެ ނުރައްކާ އެއްކޮށް ފިލަންދެން އެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް.

ޗޭޑްގެ ލޭކް ޗޭޑް ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ހަތިޔާރު އެޅި ބޯކޯ ހަރާމް ޖަމާއަތުން ދިން ވަރުގަދަ ހަމަލާއެއްގައި އެ ގައުމުގެ މަދުވެގެން 23 ސިފައިން މަރުވެއްޖެއެވެ.

އެ ގައުމުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަލާގައި އިތުރު 26 ސިފައިން ވަނީ ޒަޚަމްވެފައެވެ. މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހު ލޭކް ޗޭޑް ސަރަހައްދުގައި އޮންނަ ބަރްކާ ޓޮލޮރޮމް ކިޔާ ރަށެއްގައި ހުންނަ އަސްކަރީ މަރުކަޒަކަށެވެ. އަސްކަރިއްޔާއިން ބުނީ ހަމަލާދިން މީހުންނަށް ރައްދު ހަމަލާދީ، އޭގެ ތެރެއިން "ގިނަ އަދަދެއްގެ" ބަޔަކު މަރާލާފައިވާ ކަމަށެވެ.

ޗޭޑްގެ ރައީސް މަހާމަތު އިދްރީސް ޑެބީ އިޓްނޯ ފޭސްބުކް މެދުވެރިކުރައްވައި ވިދާޅުވީ، ބޯކޯ ހަރާމްއިން ދީފައިވަނީ ވަރަށް ފިނޑި ހަމަލާއެއް ކަމަށެވެ. އަދި މި ނުރައްކާ އެއްކޮށް ނައްތާލެވެންދެން އާ އަޒުމަކާއެކު ހަނގުރާމަ ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މަރުވި ސިފައިންގެ އާއިލާތަކަށް ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

Advertisement

Advertisement 1

ފަހަކަށް އައިސް ލޭކް ޗޭޑް ސަރަހައްދުގައި ބޯކޯ ހަރާމްގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދިން ހަމަލާއެއްގައިވެސް ޗޭޑްގެ 40 އެއްހާ ސިފައިން ވަނީ މަރުވެފައެވެ. އެ ހަމަލާއާ ގުޅިގެން ރައީސް ޑެބީ ވަނީ ބޯކޯ ހަރާމްއާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފައްޓަވައި، އަމަލީ ގޮތުން އެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ.

ލޭކް ޗޭޑް ސަރަހައްދަކީ ކެމަރޫން، ޗޭޑް، ނައިޖަރ އަދި ނައިޖީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް ވުމުން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތައް ހުއްޓުވުމަށް އެ ގައުމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ބޯކޯ ހަރާމްގެ އިތުރުން އައި.އެސް.އައި.އެލްއާ ގުޅުން އޮންނަ އައި.އެސް.ޑަބްލިއު.އޭ.ޕީ ޖަމާއަތުންވެސް އެ ސަރަހައްދުގައި ބޮޑެތި ހަމަލާތަކެއް ދެމުންދެއެވެ.

ޗޭޑަކީ ގިނަ އަހަރުތަކެއް ވަންދެން ދާޚިލީ ހަމަނުޖެހުންތަކާއި، ހަތިޔާރު އެޅި ޖަމާއަތްތަކުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ގައުމެކެވެ. އެ ގައުމަކީ ތެލުގެ މުއްސަނދިކަން އޮތް ގައުމެއް ނަމަވެސް، އިގްތިސާދީ ދަތިތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން އެފްރިކާގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ޓެރަރިޒަމްއެފްރިކާބޯކޯ ހަރާމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕާކިސްތާނުގައި ރޭލަކަށް އަމާޒުކޮށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި 24 މީހުން މަރުވެއްޖެ

ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއްގައި 24 މީހުން މަރުވެއްޖެ

46 ދުވަސް ކުރިން - 21:02

އެފްރިކާގެ 53 ޤައުމަކުން އެތެރެކުރާ މުދަލުން ޑިއުޓީ މާފުކޮށްލަން ޗައިނާ އިން ނިންމައިފި

އެފްރިކާގެ 53ޤައުމަކުން ޑިއުޓީ ނުނަގަން ޗައިނާއިން ނިންމައިފި

69 ދުވަސް ކުރިން - 17:51

ފެން ވަޅެއްގެ މައްސަލައިގައި ޗާޑުން ސާޅީހަށް ވުރެ ގިނަ މީހުން މަރާލައިފި

ފެންވަޅެއްގެ މައްސަލައިގައި ޗާޑުން ސާޅީހަށްވުރެ ގިނަމީހުން މަރާލައިފި

73 ދުވަސް ކުރިން - 17:32

މަސްތުވާތަކެތި އުފުލި މެކްސިކޯގެ ބޯޓަކަށް ޙަމަލާދީ 11 މީހުން މަރާލައިފި

މަސްތުވާތަކެތި އުފުލި ބޯޓަކަށް ޙަމަލާދީ އެގާރަމީހުން މަރާލައިފި

135 ދުވަސް ކުރިން - 05:51

ސީރިއާއަށް ދަތުރުކުރުމުގެ ހުއްދަ ދިވެހިންނަށް ދީ، ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފި

ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފި

151 ދުވަސް ކުރިން - 15:53

ޕާކިސްތާނުގައި ހުކުރުނަމާދުގައި ތިއްބާ ޖާނުންދިދާވުމުގެ ޙަމަލާއެއް ދީ 31 މީހުން މަރާލައިފި

ހުކުރު ނަމާދުގައި ތިއްބާ 31 މީހުން މަރާލައިފި

152 ދުވަސް ކުރިން - 23:01