ހުރްމުޒް ކަނޑުއޮޅިން ބޭރަށް ދެމިގެންދާ ދެ ރަތް ރޮނގު ހިމެނޭ އައު ޗާޓެއް އީރާނުން ޢާންމު ކޮށްލި އިރު އެ ޗާޓުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއް ހިމަނާފައި ވެއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އާންމުކުރި މި ޗާޓުގައި އީރާނުގެ ކަނޑުގެ ބާރު ހިނގާ ސަރަހައްދު ފުޅާކޮށްފައިވެއެވެ. މިގޮތުން ހުޅަނގު ފަރާތުން އީރާނުގެ ގިޝްމް ރަށުން ފެށިގެން ޔޫ.އޭ.އީގެ އުއްމުލް ޤުވައިނާ ހަމައަށް ރޮނގެކެވެ. އަދި އިރުމަތީ ފަރާތުން އީރާނުގެ މައުންޓް މުބާރަކުން ފެށިގެން ޔޫ.އޭ.އީގެ ފުޖައިރާއާ ހަމައަށް ދެވަނަ ރޮނގެއް ކުރަހާފައިވެއެވެ.
އީރާނުން މި ޗާޓުބއާންމުކުރިތާ މިހާރު 48 ގަޑިއިރު ވެފައި ވާއިރު ފާހަގަ ކޮށްލަން ޖެހޭ މުހިއްމު ކަމަކީ ހުރްމުޒްގައި އެމެރިކާ އިން ހިންގި އޮޕަރޭޝަން ވެސް މިހާރު ހުއްޓާލާފައިވާ ކަމެވެ.










