Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު
70 ދުވަސް ކުރިން - 5 މެއި 2026 22:37
މިނިސްޓަރު މުއްތަލިބު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ---
މިނިސްޓަރު މުއްތަލިބު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

މަސައްކަތް ތާވަލާ އެއްގޮތަށް ނިންމުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ މެދުގައި ގުޅުން ބަދަހިކޮށް ކޯޑިނޭޝަން ވަރުގަދަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށްގެންދާ "ތިލަމާލެ ބްރިޖު" ނުވަތަ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ގޮތް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ގޯޕާލް ބަގްލޭ މިއަދު ބައްލަވާލައްވައިފި އެވެ.

މި ޒިޔާރަތުގައި މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރުގެ އަރިހުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން، މަޝްރޫއުގެ ކޮންޓްރެކްޓަރު އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ކޮންސަލްޓަންޓް އޭރަޕްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ޒިޔާރަތުގެ ތެރެއިން، މަޝްރޫއުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި، މިހާތަނަށް ހާސިލްކުރެވިފައިވާ މުހިންމު ލަނޑުދަނޑިތަކާ ގުޅޭގޮތުން އޮފިޝަލުން ވަނީ މިނިސްޓަރާއި ހައި ކޮމިޝަނަރަށް މައުލޫމާތު އަރުވާފަ އެވެ. މީގެ އިތުރުން، ކުރިއަށް ހުރި މަރުހަލާތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، މަސައްކަތް ތާވަލާ އެއްގޮތަށް ނިންމުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ މެދުގައި ގުޅުން ބަދަހިކޮށް ކޯޑިނޭޝަން ވަރުގަދަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

Advertisement

Advertisement 1

ތިލަމާލެ ބްރިޖަކީ މާލެ ސަރަހައްދުގެ ދަތުރުފަތުރާއި އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ، ގިނަ ރަށްތަކެއް ގުޅުވާލަދޭ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި، 2021 ވަނަ އަހަރު އެވެ. ނަމަވެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ އޭގެ ގާތްގަނޑަކަށް އެއް އަހަރު ފަހުންނެވެ.

އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ނިންމަން އެންމެ ފަހުން ތާވަލުކޮށްފައި އޮތީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެހެންނަމަވެސް، މަސައްކަތް ކުރިއަށްދާ ބާރުމިނަށް ބަލާއިރު އެ ތާރީހަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ނުބެލެވެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ސަރުކާރުގައި ވެސް އެކި ފަހަރު މަތިން އެކި ތާރީހުތަކަށް ބްރިޖުގެ މަސައްކަތް ނިންމާނެ ކަމަށް އެފްކޮންސްއިން ބުނެފައިވެ އެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް އަވަސްކޮށް، ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ބްރިޖުގެ ފައިދާ ލިބޭނެ ގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.

ތިލަމާލެ ބްރިޖުމިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

1 ދުވަސް ކުރިން - 14:14

ތިލަމާލެ ބުރިޖުން ޓޯލް ފީ ނެގުމުގެ މަޝްވަރާއެއް ނުކުރޭ: ރައީސް

ތިލަމާލެ ބުރިޖުން ޓޯލް ފީ ނެގުމުގެ މަޝްވަރާއެއް ނުކުރޭ: ރައީސް

15 ދުވަސް ކުރިން - 10:44

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

31 ދުވަސް ކުރިން - 14:50

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

52 ދުވަސް ކުރިން - 13:45

ބޮޑު ބަންދާ ދިމާވުމުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

52 ދުވަސް ކުރިން - 12:55

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް އެދި ހުށަހެޅޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ނުކުޅެދުންތެރި ކުދިންގެ ބެލެނެވެރިންނަށް މިހާރު ފުލެޓަށް ލެވޭނެ

65 ދުވަސް ކުރިން - 13:54