Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނިމިދިޔަ އެމްޑީޕީ ދައުރުގެ ވައްކަމުގެ ރެކޯޑު ދެން މުގުރައެއް ނުލެވޭނެ: އިބްރާހިމް ދީދީ

ނިމިދިޔަ އެމްޑީޕީ ދައުރުގެ ވައްކަމުގެ ރެކޯޑު ދެން މުގުރައެއް ނުލެވޭނެ: އިބްރާހިމް ދީދީ

އައިޝަތު ރުވާ ރިފްޢަތު
116 ދުވަސް ކުރިން - 5 މެއި 2026 13:48
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ މަޖިލިސް ތަޅުމުގައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ މަޖިލިސް ތަޅުމުގައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ދީދީ ސިފަކުރެއްވި ގޮތުގައި އެމްޑީޕީއަކީ މުޅި ގައުމު އެއްކޮށް ލޫޓުވާލައި، ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައި ދިޔަ ސަރުކާރެއް.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދައުރުގައި ހިންގާފައިވާ ވައްކަންތަކުގެ ވާހަކަ ތާރީހުގައި ލިޔެވިގެންދާނެ ކަމަށާއި، އެ ރެކޯޑު ދެން މުގުރައިލެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ، އަލީ ބާބާއަކާއި 40 ޗޯރުންގެ ވާހަކައަކީ މަޝްހޫރު ވާހަކައެއް ކަމަށާއި، ނަމަވެސް ނިމިދިޔަ ވެރިކަމުގައި ވައްކަންތައް ކޮށްފައިވަނީ އެއަށްވުރެ މާ ނުލަފާކޮށް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެމްޑީޕީއަކީ މުޅި ގައުމު އެއްކޮށް ލޫޓުވާލައި، ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައި ދިޔަ ސަރުކާރެކެވެ.

މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު މީކާއިލް ނަސީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދީދީ ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ވެސް މަޖިލިސް މެމްބަރުކަން ކުރެއްވި މެމްބަރަކު މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވާއިރު، އެބޭފުޅުންގެ ވެރިކަމުގައި ދިވެހި ރައްޔިތުން އުޅުނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.

Advertisement

Advertisement 1

ޕީއެސްއެމްއާ ގުޅޭގޮތުން ހުށަހެޅި ގަރާރަށް އިޝާރާތް ކުރައްވައި ދީދީ ވިދާޅުވީ، އެ ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލީ ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފަރާތުން ހުށަހެޅި އެ ގަރާރަށް މަޖިލީހުގެ 90 އިންސައްތަ މެމްބަރުން ތާއީދު ނުކުރެއްވީ ޕީއެސްއެމް ހިންގަމުންދަނީ ރަނގަޅަށް ކަމަށް ގަބޫލުކުރައްވާތީ އެވެ. އަދި ގަރާރަކަށް ބަހުސްކޮށް، އެ ގަރާރު ބަލައިނުގަތުމަށް މަޖިލީހުގެ މެޖޯރިޓީން ވޯޓު ދިނުމަކީ އެ ގަރާރު "ބޭރުކޮށްލުން" ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްޑީޕީގެ ފުރަތަމަ ވެރިކަމަށް ވެސް ދީދީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ސުވާލު އުފެއްދެވީ ވެރިކަމަށް ވަޑައިގަތުމަށްފަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި، އޭގެ ޖެހިގެން އައި ދުވަހު މުޅި ގައުމުގައި ރޯކޮށްލީ ކޮން ބައެއްތޯ އެވެ.

އިބްރާހިމް ދީދީގެ މި ވާހަކަފުޅުތައް އަމާޒުވެފައިވަނީ، މިއަދުގެ ޖަލްސާގައި، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ގަރާރަކާ ގުޅިގެން އުފެދުނު ބަހުސްގެ ތެރެއިންނެވެ.

މެމްބަރު އިބްރާހީމް ދީދީ (ފޭދޫ ދާއިރާ)ރައްޔިތުންގެ މަޖިލިސްއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

13 ގަޑިއިރު ކުރިން - 10:23

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36