Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އަމާޒެއް: އެމްބީބީސީ

މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އަމާޒެއް: އެމްބީބީސީ

މުހައްމަދު ޖަމްޝަތު
118 ދުވަސް ކުރިން - 3 މެއި 2026 14:03
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްބީބީސީ)---
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްބީބީސީ)---
ޚުލާސާ

މިއަހަރުގެ ނޫސްވެރިކަމުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ސުލްހަވެރި މުސްތަގުބަލެއް ބައްޓަންކުރުން: އިންސާނީ ހައްގުތަކާއި، ތަރައްގީއާއި ސަލާމަތަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުން"

ރާއްޖޭގެ މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްބީބީސީ) ގެ މުހިންމު އަމާޒެއް ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން މިހެން ބުނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ. މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް 108 ވަނަ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ބަދަލުތަކެއް އައިސްފައިވާ ދަރަޖައެއްކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މި ދަރަޖަ މިއަށްވުރެ މަތީ ހަރުފަތަކަށް ގެންގޮސް، ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްބީބީސީން ވިދާޅުވިއެވެ.

ޔުނެސްކޯއިން މިއަހަރުގެ ނޫސްވެރިކަމުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ސުލްހަވެރި މުސްތަގުބަލެއް ބައްޓަންކުރުން: އިންސާނީ ހައްގުތަކާއި، ތަރައްގީއާއި ސަލާމަތަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުން" އެވެ. މި ޝިއާރާ ގުޅޭގޮތުން ކޮމިޝަނުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ މުޖުތަމައުގެ ސުލްހައިގެ ދަންމަރެއް ކަމަށާއި، ނޫސްވެރިންނަކީ ދައުލަތް ޖަވާބުދާރީ ކުރުވައި ރައްޔިތުން ބާރުވެރިކުރުވުމުގައި މަސައްކަތްކުރާ ހަތަރުވަނަ ބާރު ކަމަށެވެ.

Advertisement

Advertisement 1

މީޑިއާގެ މުސްތަގުބަލު އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި އާ ސުލޫކީ މިންގަނޑެއް އެކުލަވާލުމާއި، މީޑިއާއާ ގުޅޭ އާ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ކޮމިޝަނުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނޫސްވެރިންގެ ރައްކާތެރިކަމާއި ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަކީވެސް އެ ކޮމިޝަނުން ނުހަނު އިސްކަންދޭކަމަށް ބުންޏެވެ.

މައުލޫމާތު ފެތުރުމުގައި ކޮމިޝަނުން ކަނޑައަޅާފައިވާ އަހުލާގީ މިންގަނޑުތަކަށް ބޯލެނބުމަށް އިލްތިމާސްކުރައްވަމުން އެމްބީބީސީން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ބޮޑެތި ޒިންމާތަކެއް އެކުލެވިގެންވާ ކަމެއް ކަމަށެވެ. އަދި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ކަނޑައްތުކުރުމުގައްޔާއި މިނިވަންކަން ކަށަވަރުކޮށްދިނުމުގައި އަބަދުވެސް ނޫސްވެރިންނާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން ވަނީ އަރުވާފައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުމީޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"އަދަދު" ނޫހުގެ މައްސަލަ ބަލަނީ ޕީޖީގެ އެންގުމަކަށް، ރައީސްގެ އަމުރަކަށް ނޫން: މުންދު

"އަދަދު" ނޫހުގެ މައްސަލަ ބަލަނީ ޕީޖީގެ އެންގުމަކަށް

120 ދުވަސް ކުރިން - 17:54

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

123 ދުވަސް ކުރިން - 14:10

ނޫސްވެރިކަމަކީ މީހުންގެ އަބުރަށް އަރައިގަނެ އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެންނުވާނެ: މިނިސްޓަރު މުއްތަލިބު

"ނޫސްވެރިކަމަކީ އަބުރަށް އަރައިގަނެ، ކުރާ ވިޔަފާރިއަކަށް ވެގެންނުވާނެ"

123 ދުވަސް ކުރިން - 13:14

ގަޒްފުގެ މައްސަލާގައި މީޑިއާއެއްގެ އޮފީސް ވެސް ފާސްކުރެވޭނެ: މިނިސްޓަރު އިހުސާން

"ގަޒްފުގެ މައްސަލާގައި މީޑިއާއެއްގެ އޮފީސް ވެސް ފާސްކުރެވޭނެ"

123 ދުވަސް ކުރިން - 13:04

ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށައިފި

ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަނީ

123 ދުވަސް ކުރިން - 22:27

ހަނގުރާމައިގެ ހަބަރުތައް ޒިންމާދާރުކަމާއެކު ފެތުރުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި

ހަނގުރާމައިގެ ހަބަރުތައް ޒިންމާދާރުކަމާއެކު ފެތުރުމަށް އިލްތިމާސްކޮށްފި

156 ދުވަސް ކުރިން - 13:03