Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށައިފި

ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށައިފި

މުހައްމަދު ޖަމްޝަތު
53 ދުވަސް ކުރިން - 27 އޭޕްރިލް 2026 22:27
ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫސް ހިންގާ އޮފީސް ފުލުހުން ދަނީ ބަލާފާސްކުރަމުން--- ފޮޓޯ: ޅުލާސާ
ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫސް ހިންގާ އޮފީސް ފުލުހުން ދަނީ ބަލާފާސްކުރަމުން--- ފޮޓޯ: ޅުލާސާ
ޚުލާސާ

ފުލުހުން އެ އޮފީސް ފާސްކުރަމުންދަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޝަރުއީ އަމުރެއްގެ ދަށުން

"އަދަދު" ނޫހުން ތައްޔާރުކޮށް ނެރުނު "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށައިފިއެވެ.

މި ޑޮކިއުމެންޓްރީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ އުފެއްދުމެކެވެ.

މިދިޔަ މާޗް މަހު އާންމުކުރި މި ވީޑިއޯ ރިޕޯޓުގެ މައްސަލާގައި ފުލުހުން ނޫސް އޮފީހުގައި ހަރަކާތްތެރިވަމުންދާއިރު، ތަހުގީގަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނާއި ޑޭޓާ ރައްކާކުރާ ވަސީލަތްތައް ޗެކްކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުންގެ އިދާރާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެ އޮފީސް ފާސްކުރަމުންދަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޝަރުއީ އަމުރެއްގެ ދަށުންނެވެ.

Advertisement

Advertisement 1

މިއަދު ހެނދުނު ބޭއްވި މީޑިއާ ބްރީފިންއެއްގައި ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމެންޓްރީގައި ހިމެނޭ ތުހުމަތުތައް މުޅިން ދޮގުކުރައްވާފައެވެ. މީގެ އިތުރުން، އެ އުފެއްދުން ތައްޔާރުކުރުމުގައި ބައިވެރިވި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދަދު ނޫސް ހިންގާ ސަރަހައްދުގައި ފުލުހުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މި ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މީގެ ކުރިން މީޑިއާ ކައުންސިލުންވެސް މި ޑޮކިއުމެންޓްރީއާ ގުޅޭ މައްސަލައެއް ބަލަމުންދާކަން އެ ނޫހުން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލެ ފިހާރައެއްގެ ތެރޭގައި ވަޅިން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފިހާރައެއްގެ ތެރޭގައި ވަޅިން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

2 ގަޑިއިރު ކުރިން - 11:26

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

9 ދުވަސް ކުރިން - 13:11

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

9 ދުވަސް ކުރިން - 10:10

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

11 ދުވަސް ކުރިން - 17:20

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

17 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

18 ދުވަސް ކުރިން - 09:50