Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގަޒްފުގެ މައްސަލާގައި މީޑިއާއެއްގެ އޮފީސް ވެސް ފާސްކުރެވޭނެ: މިނިސްޓަރު އިހުސާން

ގަޒްފުގެ މައްސަލާގައި މީޑިއާއެއްގެ އޮފީސް ވެސް ފާސްކުރެވޭނެ: މިނިސްޓަރު އިހުސާން

މުހައްމަދު ޖަމްޝަތު
53 ދުވަސް ކުރިން - 28 އޭޕްރިލް 2026 13:04
ހޯމް މިނިސްޓަރު އަލީ އިހުސާން---ފޮޓޯ: ރައީސް އޮފީސް
ހޯމް މިނިސްޓަރު އަލީ އިހުސާން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

"ގާނޫނުއަސާސީގައި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި ވީނަމަވެސް، އެއީ ހައްދެއް ނެތް މިނިވަންކަމެއް ނޫން"

ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައި އަބުރާ ބެހޭ ދޮގު މައުލޫމާތު ފެތުރި މައްސަލައެއްގައި 'އަދަދު' ނޫހުގެ އޮފީސް ފުލުހުން ބަލައި ފާސްކުރުމަކީ ނޫސްވެރިކަމަށް ދިން ހަމަލާއެއް ނޫން ކަމަށާއި، އެއީ ރައްޔިތެއްގެ އަބުރު ރައްކާތެރިކުރުމަށްޓަކައި ގާނޫނުއަސާސީން ފުލުހުންގެ މައްޗަށް ލާޒިމްކުރާ ގާނޫނީ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ދޮގު އިލްޒާމްތައް އަޅުވައި ހިންގާ ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ ފުރިހަމަ ހައްގާއި ޒިންމާ ދިވެހި ފުލުހުންގެ ހިދުމަތަށް އެބައޮތް ކަމަށެވެ. އަދި ނޫސް އޮފީހެއް ރޭގެ ވަގުތެއްގައި ބަލައި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ފެތުރުމުގެ ސަބަބުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާއިން ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި ވީނަމަވެސް، އެއީ ހައްދެއް ނެތް މިނިވަންކަމެއް ނޫނެވެ. އެ ހައްގުތަކަކީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށް އަދި އެހެން މީހުންގެ އަބުރަށް އުނިކަން ނާންނާނެ ފަދަ ޒިންމާދާރު ގޮތެއްގައި ބޭނުންކުރަންޖެހޭ ހައްގުތަކެއްކަން އޭނާ ހަނދާންކޮށްދެއްވި އެވެ.

Advertisement

Advertisement 1

ވަކިން ހާއްސަކޮށް ގާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ އަބުރު ރައްކާތެރިކުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް، އެއްވެސް ހެއްކެއް ނެތި ފަތުރާ ދޮގު ތުހުމަތުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަށުން ހިމާޔަތް ލިބޭނެ ކަންކަން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އާއިލާއަށާއި، އެމަނިކުފާނުގެ އަމިއްލަ އަބުރާއި، އަދި އެ މަގާމުގެ ގަދަރަށް އުނިކަން އަންނަ ގޮތަށް ބޮޑެތި އިލްޒާމްތައް އެޅުވުމަކީ "ޖާނަލިޒަމް" ނުވަތަ ނޫސްވެރިކަން ނޫން ކަމަށް އިހުސާން ސިފަކުރެއްވި އެވެ.

މި ހާދިސާ ހިނގާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅޭގޮތުން 'އަދަދު' ނޫހުން ޝާއިއުކުރި ޑޮކިއުމެންޓްރީއެއްގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާތަކުންނާއި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިނިސްޓަރު ވިދާޅުވީ އެއްވެސް މީހަކު ގާނޫނަށްވުރެ މަތީގައި ނުހުންނާނެ ކަމަށެވެ.

މިނިސްޓަރުގެ ޕޯސްޓު ނިންމާލައްވަމުން ވިދާޅުވީ، ދިވެހި ރައްޔިތުން ބޭނުންވަނީ އަބުރު ކަތިލާ ނޫސްވެރިކަމެއް ނޫން ކަމަށާއި، ހަގީގީ މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާ މާހައުލެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ދެމިއޮންނާނީ ޖަވާބުދާރީވުމާއި ޒިންމާދާރުކަމާ އެކު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އަލީ އިހުސާންމީޑިއާމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

21 ގަޑިއިރު ކުރިން - 16:24

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

"އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން"

22 ގަޑިއިރު ކުރިން - 15:47

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

3 ދުވަސް ކުރިން - 14:32

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

ރައީސް މުއިއްޒުގެ ވަޢުދުފުޅު ފުއްދަވައިފި: ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް!

5 ދުވަސް ކުރިން - 11:57

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށް ރައީސްގެ ވައުދު ފުރިހަމަކޮށްފި

5 ދުވަސް ކުރިން - 11:48

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

5 ދުވަސް ކުރިން - 00:49