ލޯކަލް ކައުންސިލް އިންތިހާބުގައި ބ. ކެންދޫ އިން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުން ހޯދާފައިވާ ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ހާއްސަ ޖަލްސާ މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
މި ހާއްސަ ހަފްލާ އޮންނާނީ މިރޭ 20:30 ގައި ކޮންގްރެސް ޕާޓީގެ މައި އޮފީސް، ހ. ވެޔޮވިލާގަ އެވެ.
ކޮންގްރެސް ޕާޓީން ބުނި ގޮތުގައި، މިއީ ކެންދޫގެ ރައްޔިތުން އެ ޕާޓީއަށް ދެއްވި ބޮޑު އިތުބާރާއި، ކެންޑިޑޭޓުން ހޯއްދެވި ފާހަގަކޮށްލެވޭ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ހަރަކާތެކެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ޕާޓީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ތާއީދުކުރައްވާ އެންމެހާ ބޭފުޅުންނަށް އެ ޕާޓީން ވަނީ ދައުވަތު އަރުވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ކޮންގްރެސް ޕާޓީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ހއ. ފިއްލަދޫ އަދި ހއ. އުތީމުން އެ ޕާޓީގެ ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ވެސް ވޭތުވެދިޔަ ހަފްތާތަކުގައި ވަނީ ކުލަގަދަ ޖަލްސާތަކެއް ބާއްވާފަ އެވެ.
މިފަދަ ޖަލްސާތަކަކީ ޕާޓީގެ މެންބަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރަށު ފެންވަރުގައި ޕާޓީން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރުމަށް ބާއްވާ މުހިންމު ހަރަކާތްތަކެކެވެ.









