Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޅ. ނައިފަރު ބިން ހިއްކުމުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ

ޅ. ނައިފަރު ބިން ހިއްކުމުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ

ހުސައިން އިސްމާއިލް
90 ދުވަސް ކުރިން - 26 އޭޕްރިލް 2026 17:03
އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ނައިފަރުގެ އިއްޒަތްތެރި މެމްބަރު. / ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ނައިފަރުގެ އިއްޒަތްތެރި މެމްބަރު. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މުޅި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިންމާލާފައިވާއިރު މަޝްރޫއުގެ ދަށުން ޖުމްލަ 2,139 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާނެ.

ޅ. ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ 95 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.

މި މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި، ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަ މުހައްމަދު ޖަމްޝީދު ވަނީ ނައިފަރަށް ޒިޔާރަތްކުރައްވައި މަސައްކަތްތައް އިންސްޕެކްޓް ކުރައްވާފަ އެވެ. މި ދަތުރުފުޅުގައި ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޔާސީން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވި އެވެ.

މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ބިން ހިއްކުމުގެ 95 އިންސައްތަ ނިމިފައިވާއިރު، މުޅި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް މިހާރު ވަނީ ނައިފަރު ސައިޓަށް ގެންދެވިފަ އެވެ. މި މަޝްރޫއަކީ ތާވަލަށްވުރެ އަވަހަށް، ހަލުވި މިނެއްގައި ކުރިއަށްދާ މަޝްރޫއެއްކަން ފާހަގަކުރެވެ އެވެ.

Advertisement

Advertisement 1

ދިވެހި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ނައިފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 209,500 އަކަމީޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުގެ ސްކޯޕްގައި ހިމެނޭ މައިގަނޑު މަސައްކަތްތަކަކީ:

  1. 2,297,510 ކިއުބިކް މީޓަރުގެ ބިން ހިއްކުން.
  2. 1,813 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން.
  3. 283 މީޓަރުގެ ބޭރު ތޮށިލުން.
  4. 520 މީޓަރުގެ ލޯ-ކްރެސްޓެޑް ބްރޭކްވޯޓާ ޤާއިމުކުރުން.
  5. 180 މީޓަރުގެ ގްރޮއިން ޖެހުން.

މުޅި މަޝްރޫއުގެ ދަށުން ޖުމްލަ 2,139 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. މި މަޝްރޫއު ނިމުމުން ނައިފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ބިމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ޅ. ނައިފަރުމެމްބަރު ޔާސީން އަބްދުﷲއެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

1 ދުވަސް ކުރިން - 16:00

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

3 ދުވަސް ކުރިން - 08:54

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

4 ދުވަސް ކުރިން - 11:30

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

7 ދުވަސް ކުރިން - 16:30

ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

ކުރީގެ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

8 ދުވަސް ކުރިން - 21:11

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

11 ދުވަސް ކުރިން - 10:20