Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 41 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 41 އިންސައްތަ މަސައްކަތް ނިމިއްޖެ

އައިޝަތު ރުވާ ރިފްޢަތު
45 ދުވަސް ކުރިން - 26 އޭޕްރިލް 2026 14:36
ނޭކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ.  /ފޮޓޯ: އެމްޓީސީސީ
ނޭކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ. /ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލް ކުރުމުގެ މަސައްކަތް. ގޮނޑުދޮށް ހިމާޔަތްކުރުމަށް 532 މީޓަރުގެ ހިލަ ޖަހާނެ.

ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ އެވެ.. މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު މުޅި މަޝްރޫއުގެ 41 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ.

މި މަޝްރޫއަކީ ނޭކުރެންދޫ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ދިވެހި ސަރުކާރުން 31 އޮކްޓޫބަރު 2022 ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް 2022 އަދި 2023 ވަނަ އަހަރު ހުއްޓިފައި އޮތް ނަމަވެސް މަޝްރޫއަށް ބޭނުންވާ ސާމާނާއި ފައިސާ ހަމަޖައްސާފައިވަނީ މި ސަރުކާރުންނެވެ. ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި ކުރިއަށްދާ މި މަސައްކަތުގެ ތެރެއިން މިހާރު ސައިޓުގައި ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލް ކުރުމުގެ މަސައްކަތެވެ.

Advertisement

Advertisement 1

ނޭކުރެންދޫ ބޭރު ތޮށީގެ މަސައްކަތް ކުރިއަށްދަނީ. /ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:

  1. 31,087 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން.
  2. 290 މީޓަރުގެ ބޭރުތޮށި ލުމާއި 76 މީޓަރުގެ ސަރަހައްދެއްގައި ޗެނަލް ބްރޭކްވޯޓާ ގާއިމުކުރުން.
  3. 166 މީޓަރުގެ ރެވެޓްމެންޓް ޖެހުމާއި 212 މީޓަރުގެ އެއްގަމު ތޮށިލުން.
  4. ރޭމްޕެއް ހެދުމާއި އެކްސެސް ޕްލެޓްފޯމެއް ގާއިމުކުރުން.
  5. ބަނދަރު ބައްތި އާއި ނެވިގޭޝަނަލް ލައިޓް ހަރުކުރުމާއި، މޫރިން ބޯއީސް ހަރުކުރުން.
  6. ބަނދަރު ސަރަހައްދުގައި ދުވާރު ހެދުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުން.

މަޝްރޫއުގެ ތަފްސީލީ ކުރިއެރުމަށް ބަލާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމަށް 532 މީޓަރުގެ ހިލަ ޖެހުމުގެ މަސައްކަތާއި، އެއްގަމު ތޮށިލުމަށް ބޭނުންވާ 212 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މީގެ އިތުރުން 1859 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެ އެވެ.

މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް އެމްޓީސީސީން ދަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.

އެމްޓީސީސީމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްހދ. ނޭކުރެންދޫ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

7 ދުވަސް ކުރިން - 17:03

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

9 ދުވަސް ކުރިން - 20:41

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

10 ދުވަސް ކުރިން - 15:02

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާކަން އެމްޓީސީސީން ހަނދުމަކޮށްދީފި

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާ

16 ދުވަސް ކުރިން - 22:02

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

18 ދުވަސް ކުރިން - 13:45