Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކަރަންޓީން ޔުނިޓްގެ އިންސްޕެކްޝަން ތަފާސްހިސާބުތައް މިނިސްޓްރީން އާންމުކޮށްފި

ކަރަންޓީން ޔުނިޓްގެ އިންސްޕެކްޝަން ތަފާސްހިސާބުތައް މިނިސްޓްރީން އާންމުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
127 ދުވަސް ކުރިން - 26 އޭޕްރިލް 2026 13:52
ދޫންޏެއް އުދުހެނީ---
ދޫންޏެއް އުދުހެނީ---
ޚުލާސާ

ބަލައި ފާސްކުރުމަށްފަހު އެންމެ ގިނައިން ދޫކޮށްފައިވަނީ ގަސްގަހާގެއްސާއި ގަހުގެ ބައިތައް. ގަވާއިދާ ހިލާފުވެގެން ހިފެހެއްޓުނު އެއްވެސް ދިރޭ އެއްޗެއް މި މުއްދަތުގެ ތެރޭގައި ދޫކޮށްފައެއް ނުވޭ.

ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓުން ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކުގެ މިއަހަރުގެ ތަފާސްހިސާބުތައް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އިން އާންމުކޮށްފި އެވެ.

މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކަކީ 1 ޖަނަވަރީ 2026 އިން ފެށިގެން 20 އޭޕްރީލް 2026 ގެ ނިޔަލަށް އެ ޔުނިޓުން ބަލައި ފާސްކޮށްފައިވާ ތަކެތީގެ ތަފްސީލެވެ. މި މުއްދަތުގެ ތެރޭގައި ގަސްގަހާގެއްސާއި ދިރޭތަކެތީގެ ގިނަ އަދަދެއްގެ ޝިޕްމަންޓްތައް ވަނީ ބަލައި ފާސްކޮށްފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ބަލައި ފާސްކުރުމަށްފަހު އެންމެ ގިނައިން ދޫކޮށްފައިވަނީ ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ. އެގޮތުން 377 ކޮންސައިންމަންޓެއްގެ ދަށުން 1,625,162 ގަހާއި ގަހުގެ ބައިތައް ވަނީ ދޫކޮށްފަ އެވެ. ނަމަވެސް، އުސޫލުތަކާ އެއްގޮތަށް ނެތުމުގެ ސަބަބުން 66 ކޮންސައިންމަންޓެއްގެ 4,386 ގަސް ވަނީ ހިފަހައްޓާފަ އެވެ. މީގެ ތެރެއިން 65 ކޮންސައިންމަންޓެއްގައި ހިމެނޭ 4,103 ގަސް ނައްތާލާފައިވާއިރު، ހިފެހެއްޓި ތަކެތީގެ ތެރެއިން ދޫކޮށްފައިވަނީ އެންމެ ކޮންސައިންމަންޓެއްގެ 283 ގަހެވެ.

Advertisement

Advertisement 1

ދިރޭތަކެތީގެ ބާވަތްތަކަށް ބަލާއިރު، ފްރެޝް ވޯޓާ ފިޝްގެ 27 ކޮންސައިންމަންޓެއްގައި ހިމެނޭ 77,345 މަސް ވަނީ ބަލައި ފާސްކުރުމަށްފަހު ދޫކޮށްފައެވެ. އަދި 9 ކޮންސައިންމަންޓެއްގެ 938 ދޫންޏާއި، 5 ކޮންސައިންމަންޓެއްގެ 6,338 ޕޯލްޓްރީ (ކުކުޅު ފަދަ ތަކެތި) ވެސް ވަނީ އެތެރެކުރުމުގެ ހުއްދަ ދީފަ އެވެ.

ގަވާއިދާ ހިލާފުވެގެން ހިފެހެއްޓުނު ދިރޭތަކެތީގެ ތަފްސީލަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ހިފަހައްޓާފައިވަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން 5 ކޮންސައިންމަންޓެއްގެ 602 މަސް ހިފަހައްޓާފައިވެއެވެ. މި ހުރިހާ މަހެއްވެސް (5 ކޮންސައިންމަންޓް) މިހާރު ވަނީ ނައްތާލާފަ އެވެ. ގަވާއިދާ ހިލާފުވެގެން ހިފެހެއްޓުނު އެއްވެސް ދިރޭ އެއްޗެއް މި މުއްދަތުގެ ތެރޭގައި ދޫކޮށްފައެއް ނުވެ އެވެ.

މިނިސްޓްރީން މި ތަފާސްހިސާބުތައް އާންމުކޮށްފައިވަނީ، ރާއްޖެއަށް އެތެރެކުރެވޭ ގަސްގަހާގެއްސާއި ދިރޭތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބަލިތަކުން ގައުމުގެ ތިމާވެށި ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކަނޑުމަސްވެރިކަމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރަނީ

ކަނޑުމަސްވެރިކަމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރަނީ

52 ދުވަސް ކުރިން - 21:14

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވަނީ

ފިޝަރީސް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވަނީ

76 ދުވަސް ކުރިން - 22:08

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

76 ދުވަސް ކުރިން - 12:32

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

89 ދުވަސް ކުރިން - 17:27

މެއި މަހު މަސްވެރިން ބޭނި މަހަށް 31 މިލިޔަން ރުފިޔާ މިފްކޯއިން ދޫކޮށްފި

މެއި މަހު މަސްވެރިން ބޭނި މަހަށް 31 މިލިޔަން ރުފިޔާ ދޫކޮށްފި

90 ދުވަސް ކުރިން - 21:54

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭ، އެއީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް: ޝިޔާމް

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭނެ: ޝިޔާމް

103 ދުވަސް ކުރިން - 13:05