Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެޗްޑީސީއާއި އެމްއައިޓީ ގުޅިގެން ކަނބަލުންނަށް ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭން ފަށަނީ

އެޗްޑީސީއާއި އެމްއައިޓީ ގުޅިގެން ކަނބަލުންނަށް ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭން ފަށަނީ

އައިޝަތު ރުވާ ރިފްޢަތު
46 ދުވަސް ކުރިން - 26 އޭޕްރިލް 2026 11:01
2023 ވަނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށްގެންދިޔައިރު ބޮޑު ތަރުހީބެއް އެފަހަރު ލިބިފައިވޭ. / ފޮޓޯ: އެޗްޑީސީ
2023 ވަނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށްގެންދިޔައިރު ބޮޑު ތަރުހީބެއް އެފަހަރު ލިބިފައިވޭ. / ފޮޓޯ: އެޗްޑީސީ
ޚުލާސާ

ކްލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ 07 މެއި ގައި. ރަޖިސްޓްރީކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ 03 މެއި 2026.

މުޖުތަމައުގައި އަންހެނުން ބާރުވެރިކޮށް، ފަންނީ ދާއިރާތަކުން ތަމްރީނީ ފުރުސަތުތައް ފަހިކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގެ އައު ބުރެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި ޕްރޮގްރާމަކީ ގޭތެރޭގައި ހިފާގެންގުޅޭ ކަރަންޓު ސާމާނަށް ދިމާވާ ކުދިކުދި މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށް އުނގަންނައިދިނުމަށް ކުރިއަށްގެންދާ ހާއްސަ ތަމްރީނުތަކެކެވެ. ގިނަ ފަހަރަށް ގޭތެރޭގެ އިލެކްޓްރޯނިކް ސާމާނަކަށް ކުޑަ މައްސަލައެއް ދިމާވިޔަސް، އެހެން މީހެއްގެ އެހީތެރިކަމަށް އިންތިޒާރުކުރަން ޖެހުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، މިފަދަ ހާލަތްތަކަށް ކަނބަލުން ތައްޔާރުކުރުމަކީ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދެވެ.

2023 ވަނަ އަހަރު މި ޕްރޮގްރާމް ފެށިގެން އައިއިރު، ޖުމްލަ 323 ކަނބަލުން ވަނީ ތަމްރީނު ފުރިހަމަކޮށްފަ އެވެ. އެ އަހަރު ލިބުނު ބޮޑު ތަރުހީބަށް ބަލައި، އެޗްޑީސީން ވަނީ މިއަހަރުގެ ތެރޭގައި މި ސިލްސިލާގެ އިތުރު ކްލާސްތަކެއް ކުރިއަށް ގެންދަން ނިންމާފަ އެވެ. މިގޮތުން، ޑޮމެސްޓިކް އެޕްލައެންސް މަރާމާތުކުރުމުގެ އިތުރުން، ސައިކަލުތަކަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރަން ދަސްކޮށްދޭ ހާއްސަ ތަމްރީނެއްވެސް މިއަހަރުގެ ތެރޭގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

Advertisement

Advertisement 1

މިއަހަރުގެ ކްލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ 07 މެއި ގައެވެ. މި ކްލާސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު އެޗްޑީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވަނީ ހުޅުވާލާފަ އެވެ. ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ 03 މެއި 2026 އެވެ.

މީގެ އިތުރުން، އެޗްޑީސީއާއި އެމްއައިޓީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީނުތަކާއި، ޒުވާނުން ހުނަރުވެރިކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ. މިފަދަ ފަންނީ ހުނަރުތަކަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކަނބަލުންނަށް ދިރިއުޅުމުގެ އަމަލީ މައިދާނުގައި ބޭނުންތެރި، އަދި އެކަނބަލުންނަކީ ވިލުންވެރި ބަޔަކަށް ހެދުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

ވިލުންތެރި ކަނބަލުން 2026އެޗްޑީސީއެމް.އައި.ޓީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

17 މިނެޓު ކުރިން - 16:51

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

6 ދުވަސް ކުރިން - 17:15

4000 ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް އެއްކޮށް ނިންމާނެ: އެޗްޑީސީ

4000ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް ނިންމާނެ

14 ދުވަސް ކުރިން - 17:49

ހުޅުމާލޭ ފޭސް 1ގައި ގާއިމްކުރި 'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

22 ދުވަސް ކުރިން - 17:10

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

26 ދުވަސް ކުރިން - 16:15

ހުޅުމާލެ ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ދާ ޖަހަން ފަށައިފި

ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރަން ފަށައިފި

34 ދުވަސް ކުރިން - 20:20