Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބާލީހަށް ކުޅުދިޔުމަކީ ސިއްހީ ނުރައްކާތެރި ބައްޔެއްގެ ނިޝާނަކަށް ވެދާނެ

ބާލީހަށް ކުޅުދިޔުމަކީ ސިއްހީ ނުރައްކާތެރި ބައްޔެއްގެ ނިޝާނަކަށް ވެދާނެ

އައިޝަތު ރުވާ ރިފްޢަތު
46 ދުވަސް ކުރިން - 25 އޭޕްރިލް 2026 20:58
އަންހެން ކުއްޖަކު ނިދީގައި އަނގަހުޅުވިފައި---
އަންހެން ކުއްޖަކު ނިދީގައި އަނގަހުޅުވިފައި---
ޚުލާސާ

ނިދީގައި ބާލީހަށް ކުޅުދިޔުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، އެއީ ސްލީޕް އެޕްނިއާ ނުވަތަ ނާރުގެ ބަލިތަކުގެ ސީރިއަސް ނިޝާނަކަށް ވެދާނެ.

ނިދާފައި ހޭލާއިރު ބާލީހުގައި ކުޅު ހުރެފައި، އަނގަމަތި ތެމިފައި ހުރުމަކީ ގިނަ ބަޔަކަށް ތަޖުރިބާ ކުރެވޭ ކަމެކެވެ. މިއީ އާންމުކޮށް ލަދުވެތި ކަމެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، މިއީ ސިއްހީ ގޮތުން ސަމާލުވާންޖެހޭ މުހިންމު ކަމެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.

އެމެރިކާގެ ނޯތުވެސްޓަން ޔުނިވަރސިޓީގެ ކްލިނިކަލް އެސިސްޓަންޓް ޕްރޮފެސަރ ޑރ. ލަންޑަން ޑުއިކާ ވިދާޅުވި ގޮތުގައި، ކޮންމެ މީހަކަށްވެސް ކޮންމެވެސް ދުވަސްވަރެއްގައި ނިދީގައި ކުޅުދިޔުމުގެ މައްސަލަ ދިމާވެދާނެ އެވެ. ނަމަވެސް، މިއީ ކޮންމެ ރެއަކު ދިމާވާ ކަމެއްނަމަ އަދި ބާލީސް ވަރަށް ބޮޑަށް ތެމޭނަމަ، ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ. މިއީ ނިދުމުގެ ސީރިއަސް މައްސަލައެއް ނުވަތަ 'ޕާކިންސަންސް' ފަދަ ނާރުގެ ބައްޔެއްގެ ނިޝާނަކަށް ވެސް ވެދާނެއެވެ.

ނިދީގައި ކުޅުދިޔުމަށް މެދުވެރިވާ ބައެއް މުހިންމު ސަބަބުތައް:

Advertisement

Advertisement 1
  1. ސްލީޕް އެޕްނިއާ: މިއީ ނިދީގައި ނޭވާ ހުއްޓޭ ބައްޔެކެވެ. މި ބަލި ހުންނަ މީހުން ނޭވާ ހޯދުމަށް އަނގަ ހުޅުވައިގެން ނޭވާލާއިރު، އަނގަޔަށް ކުޅު އެއްވެ ބޭރުވާން މެދުވެރިވެ އެވެ. މިއީ ފަރުވާ ނުދީފިނަމަ ހިތުގެ ބަލިތަކާއި ސްޓްރޯކަށް މަގުފަހިވާ ކަމެކެވެ.
  2. އަނގަޔަށް ނޭވާލުން: ނޭފަތުގެ މަގު ހަނިވުމުގެ ސަބަބުން ނުވަތަ ނޭފަތުގެ ކަށިގަނޑު ގުދުވުމުގެ ސަބަބުން ގިނަ ބަޔަކަށް އަނގަޔަށް ނޭވާލެވެއެވެ. މިކަމުގެ ސަބަބުން ނިދީގައި ކުޅުދިޔުމަށް މަގުފަހިވެ އެވެ.
  3. އެސިޑް ރިފްލަކްސް: ބަނޑުގައި ހުންނަ އެސިޑް މައްޗަށް އެރުމުގެ ސަބަބުން ކަރުތެރޭގައި ކުޅު ގިނަވެ، ނިދީގައި ކުޅު ބޭރުވެ އެވެ.
  4. އިންފެކްޝަން: އަރިދަފުސް ރޯގާ، ސައިނަސް ނުވަތަ ކަރުގެ އިންފެކްޝަންތަކުގެ ސަބަބުން ނޭފަތް ބެދުމުން އަނގަޔަށް ނޭވާލާން ޖެހުމަކީވެސް މިކަން ދިމާވާ ސަބަބެކެވެ.
  5. ދަތުގެ މައްސަލަތައް: ދަތްކިރުވުމާއި ދަތްތައް ހުންނަންޖެހޭ ތަރުތީބުން ބޭރުގައި ހުރުމުން އަނގަ ރަނގަޅަށް ނުލެއްޕޭނަމަވެސް މި މައްސަލަ ދިމާވެ އެވެ.

މާހިރުން ލަފާދެއްވާ ގޮތުގައި، މި މައްސަލަ ދިމާވާނަމަ ނިދާ ކޮޅު ނުވަތަ ސްލީޕިން ޕޮސިޝަން ބަދަލުކުރުމަކީ ހައްލަކަށް ވެދާނެ އެވެ. އާންމުކޮށް އަރިއަކަށް ނުވަތަ ބަނޑުވަތަށް ނިދާ މީހުންނަށް މިކަން މެދުވެރިވާލެއް ގިނަ އެވެ. ނަމަވެސް، މިއީ ދާއިމީ ކަމެއްނަމަ ލަސްނުކޮށް ކަރުންމަތީގެ ހާއްސަ ޑޮކްޓަރަކަށް ދައްކައި، ނިދުމުގެ ދިރާސާއެއް ހެދުމަކީ ބަލީގެ އަސްލު ދެނެގަތުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން، ފިލަޑެލްފިއާގެ ތޯމަސް ޖެފަރސަން ޔުނިވަސިޓީގެ ކްލިނިކަލް އެސިސްޓަންޓް ޕްރޮފެސަރު ޑރ. ނީލް ހޮކްސްޓެއިން ފާހަގަކުރެއްވި ގޮތުގައި، ނިދީގައި ކުޅުދިއުމަކީ ހަމައެކަނި އުނދަގޫ ކަމެއް ނޫނެވެ. މިއީ ހަށިގަނޑުގެ އެތެރޭގައި ހިނގާ މުހިންމު ކަންތައްތަކެއްގެ އިޝާރާތެކެވެ.

ހާއްސަކޮށް، އުމުރުން ދުވަސްވީ މީހުންގެ މެދުގައި މިކަމަށް ސަމާލުކަން ދިނުން މުހިންމެވެ. ޑރ. ޑުއިކާ ވިދާޅުވި ގޮތުގައި، އުމުރުން ދުވަސްވުމުން ކަރުތެރޭގެ އިހުސާސްތައް ދަށްވުމުގެ ސަބަބުން، އުއްޑުން އޮވެ ނިދާއިރު އަނގަޔަށް އެއްވާ ކުޅު ފުއްޕާމެޔަށް ދިއުމުގެ ނުރައްކާ އޮވެއެވެ. މިއީ "ސައިލެންޓް އެސްޕިރޭޝަން" ނުވަތަ ހިމޭންކަމާއެކު ފުއްޕާމެޔަށް ތަކެތި ދިއުމުގެ މައްސަލައަށް މަގުފަހިވެ، ނިއުމޯނިއާ ފަދަ ނުރައްކާތެރި ބަލިތަކަށް މީހާ ހުށަހެޅިދާނެ ކަމެކެވެ.

މީގެ އިތުރުން، މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި މަގުބޫލުވަމުންދާ "މައުތު ޓޭޕިން" ނުވަތަ ނިދާއިރު އަނގަ ބަންދުކުރުމަށް ޓޭޕް އެޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް މާހިރުން އިންޒާރު ދެއްވަ އެވެ. ވެސްޓަން ޔުނިވަސިޓީގެ ޕްރޮފެސަރު ޑރ. ބްރަޔަން ރޮޓެންބާގް ވިދާޅުވި ގޮތުގައި، އަނގަ ބަންދުކޮށްގެން ނިދުމަކީ ނޭފަތް ބެދިފައި ހުންނަ ވަގުތެއްގައި ނޭވާ ހާސްވެ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. ސޯޝަލް މީޑިއާގައި މިކަމުގެ ސަބަބުން މޫނުގެ ބައްޓަން ރީތިވާ ކަމަށް ބުނާ ބުނުމަކީ އެއްވެސް ސައިންޓިފިކް ހެއްކެއް އޮތް ވާހަކައެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޑޮކްޓަރުން ލަފާދެއްވަނީ، ނިދީގައި ކުޅުދިއުމުގެ މައްސަލައާ އެކު، މެންދުރުފަހު ވަރުބަލިވުން، ބޯއެނބުރުން، ނުވަތަ ހެނދުނު ހޭލާއިރު ކަރުތެރެ ރިއްސުން ފަދަ ކަންކަން ދިމާވާނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދުމަށެވެ. ގިނަ ފަހަރަށް މިއީ ނޭފަތުގެ އެލާޖީއަކަށް ބޭނުންކުރާ ބޭހަކުން ނުވަތަ ދަތްޕިލައަށް ލައްވާ އާލާތަކުން ފަސޭހައިން ހައްލުކުރެވޭނެ ކަންކަމެވެ. ނަމަވެސް، މީގެ އަސްލު ދެނެގަނެވޭނީ ތަޖުރިބާކާރު ޑޮކްޓަރެއްގެ ލަފާގެ މަތިން ހަދާ ދިރާސާތަކަކަށް ފަހުގަ އެވެ.

ސިއްހަތުސިއްހީ ދާއިރާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

17 ދުވަސް ކުރިން - 10:58

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

29 ދުވަސް ކުރިން - 20:27

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު: މެޑަމް ސާޖިދާ

"ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސްގެ ދައުރު މުހިންމު"

65 ދުވަސް ކުރިން - 13:18

ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: މިނިސްޓަރު ނާޒިމް

"ސިއްހީ ދާއިރާއަށް އިތުރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ އަމާޒެއް"

65 ދުވަސް ކުރިން - 12:56

ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ރައީސް

"ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ"

65 ދުވަސް ކުރިން - 12:35

އައްޑޫގައި ހިތުގެ ބަލިތަކުގެ މުހިންމު ފަރުވާތަކެއް ދޭން ފަށައިފި

އައްޑޫގައި ހިތުގެބަލީގެ މުހިއްމު ފަރުވާތައް ދޭން ފަށައިފި

68 ދުވަސް ކުރިން - 14:07