Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މޭޔަރު އާޒިމަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

މޭޔަރު އާޒިމަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
80 ދުވަސް ކުރިން - 25 އޭޕްރިލް 2026 17:54
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު، މޭޔަރު އާދަމް އާޒިމްއާ ސަލާމްކުރައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު، މޭޔަރު އާދަމް އާޒިމްއާ ސަލާމްކުރައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއީ ސަރުކާރުން ކުރުވި ކަމެއް ކަމަށް ބުނެ މޭޔަރު ކުރައްވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައި.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް އަމާޒުކޮށް ރޭ މާލޭގައި ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މޭޔަރަށް ހަމަލާދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. މާލެ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކޮށްފައިވާ ބޭފުޅަކަށް ވާއިރު، އެމަނިކުފާނަށް ނުވަތަ އެއްވެސް ސިޔާސީ ލީޑަރަކަށް ހަމަލާދީ، މަސައްކަތަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މިއީ ސަރުކާރުން ކުރުވި ކަމެއް ކަމަށް ބުނެ މޭޔަރު ކުރައްވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ދަށު ދަރަޖައިގެ ތުހުމަތުތައް ކުރެއްވުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، މި ހަމަލާއާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމުގެ ފުރިހަމަ ޔަގީންކަން ތަރުޖަމާނު އެރުއްވި އެވެ.

Advertisement

Advertisement 1

ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހާދިސާ ހިނގި ފަހުން މިހާތަނަށް އެމް.ޑީ.ޕީގެ ފަރާތުން ނުވަތަ މާލެ ސިޓީ ކައުންސިލްގެ ފަރާތުންވެސް ރަސްމީކޮށް ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައެއް ނުވެ އެވެ. ނަމަވެސް، ސޯޝަލް މީޑިއާއިން ވީޑިއޯ ފެނުނު ހިސާބުން ފެށިގެން ފުލުހުން އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ ތަހުގީގު ކުރައްވަން ފައްޓަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މާލެ ސިޓީގެ މޭޔަރަކީ އެދިވަޑައިގެންފި ނަމަ ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭންޖެހޭ ބޭފުޅެއްކަން ފާހަގަކުރައްވައި، ތަރުޖަމާނު ވިދާޅުވީ ދައުލަތުގެ އިސް ބޭފުޅުންގެ "ތްރެޓް އެސެސްމަންޓް" ފުލުހުން އަބަދުވެސް ހައްދަވަމުން ގެންދަވާނެ ކަމަށެވެ. އަދި އެއްވެސް ބޭފުޅަކަށް ނުރައްކަލެއް އޮތްކަން ފާހަގަކުރެވިއްޖެ ނަމަ، ފުލުހުން އިސްވެ ސެކިއުރިޓީގެ ކަންކަން ހަމަޖައްސަވާނެ ކަމުގެ ޔަޤީންކަންވެސް ސަރުކާރުން ވަނީ ދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އަމާޒަކީ ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ގާއިމުކޮށްދިނުން ކަމަށްވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމޭޔަރު އާދަމް އާޒިމްސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފު (މުންދު)އެމްޑީޕީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

23 ގަޑިއިރު ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

1 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

1 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން - 13:22

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

2 ދުވަސް ކުރިން - 09:53