Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް

އައިޝަތު ރުވާ ރިފްޢަތު
137 ދުވަސް ކުރިން - 25 އޭޕްރިލް 2026 11:50
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި މީހަކު ވޯޓުލަނީ---
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި މީހަކު ވޯޓުލަނީ---
ޚުލާސާ

މިއަދު ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ އިރު ވޯޓުލުމުގެ ހައްގު ޖުމްލަ 727 މެމްބަރަކަށް ލިބިގެންވޭ. ޕްރައިމަރީގައި ވާދަކުރަނީ ސިނާންގެ އިތުރުން ސައީދު.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މި ވޯޓުލުމުގައި، އެ ދާއިރާގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެންބަރުން ވޯޓުލުމަށް ދެ ސަރަހައްދެއްގައި ވަނީ ފޮށި ބަހައްޓާފަ އެވެ. އެގޮތުން އައްޑޫ ހިތަދޫގައި ދިރިއުޅޭ މެންބަރުންނަށް ހިތަދޫ ސްކޫލުގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު، މާލެ އާއި އެހެނިހެން ރަށްރަށުގައި ތިބި އެ ދާއިރާގެ މެންބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ މާލޭގެ ކަލާފާނު ސްކޫލުގަ އެވެ.

މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ޖުމްލަ 727 މެންބަރުންނަށް ލިބިގެންވެ އެވެ.

Advertisement

Advertisement 1

ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން:

ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ. އެއީ:

މުހައްމަދު ސިނާން - އެ ދާއިރާގެ ކުރީގެ މެންބަރު.

އަހުމަދު ސައީދު (ސޮޑާ) - ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު.

ސައީދަކީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް އެންމެ 9 ވޯޓުގެ ތަފާތުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ.

ގޮނޑި ހުސްވި ސަބަބު:

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި މުހައްމަދު ސިނާން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ނުދެއްކި މައްސަލައިގައި، އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

ޕީއެންސީން ޕްރައިމަރީއަކަށް ދިޔަ ނަމަވެސް، އިދިކޮޅު އެމްޑީޕީގެ ފަރާތުން މި ބައި އިލެކްޝަންގައި ވާދަކުރުމަށް ކުރިމަތިލެއްވީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެކަނި ކަމަށްވާތީ، ޕްރައިމަރީއަކާ ނުލައި އޭނާއަށް ވަނީ އެމްޑީޕީގެ ޓިކެޓު ކަށަވަރުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ.

ސ. ހިތަދޫކުރީގެ މެމްބަރު މުހައްމަދު ސިނާންޕީއެންސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

3 ދުވަސް ކުރިން - 08:40

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

9 ދުވަސް ކުރިން - 23:49

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

11 ދުވަސް ކުރިން - 08:31

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

22 ދުވަސް ކުރިން - 12:53

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

34 ދުވަސް ކުރިން - 13:30