Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީ އެމްއެމްއޭއިން ދައްކައި ހަލާސްކޮށްފި

އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީ އެމްއެމްއޭއިން ދައްކައި ހަލާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
138 ދުވަސް ކުރިން - 23 އޭޕްރިލް 2026 22:54
ރައީސް ޑރ. މުއިއްޒު އިންޑިއާ އަށް 2024 ވަނަ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސަލާމްކުރައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު އިންޑިއާ އަށް 2024 ވަނަ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސަލާމްކުރައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދެގައުމުގެ ދެމެދުގައި ވެފައިވާ ކަރަންސީ ސްވެޕް އެއްބަސްވުމުގެ ދަށުން، 30 ބިލިއަން އިންޑިއަން ރޫޕީގެ ފުރަތަމަ ފިޔަވަހީގެ ފައިސާ ނެގުމުގެ ހުއްދަ ވަނީ ރާއްޖެއަށް ލިބިފައި.

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީ ދައްކައި ހަލާސްކޮށްފި އެވެ.

މި ފެސިލިޓީއަކީ ސާކް ގައުމުތަކަށް ކަނޑައަޅާފައިވާ 'ފްރޭމްވޯކް އޮން ކަރަންސީ ސްވެޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީޒް 2024-2027' ގެ ދަށުން، ޔޫއެސް ޑޮލަރު/ޔޫރޯ ސްވެޕް ވިންޑޯގެ ތެރެއިން 2024 ވަނަ އަހަރު އޮކްޓޫބަރު މަހު އެމްއެމްއޭއިން ބޭނުންކުރި ފެސިލިޓީއެކެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ވެފައިވާ ކަރަންސީ ސްވެޕް އެއްބަސްވުމުގެ އިންޑިއަން ރޫޕީ (އައިއެންއާރު) ވިންޑޯގެ ދަށުން، 30 ބިލިއަން އިންޑިއަން ރޫޕީގެ ފުރަތަމަ ފިޔަވަހީގެ ފައިސާ ނެގުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދެއްވާފައިވާތީ، ދިވެހި ސަރުކާރުން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ. މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އާރުބީއައި އާއި އެމްއެމްއޭއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެވެ.

Advertisement

Advertisement 1

30 ބިލިއަން އިންޑިއަން ރޫޕީގެ މި ސްވެޕް ފެސިލިޓީގެ ސަބަބުން، ހުޅަނގު އޭޝިއާގެ މަސްރަހަށް އަންނަ ބަދަލުތަކާއެކުވެސް ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ވަރުގަދަކުރުމަށް ސަރުކާރުން ގެންގުޅޭ ފުޅާ ސިޔާސަތަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. 2017-2024 ގެ ފްރޭމްވޯކްގެ ދަށުން ހަމަޖެހިފައިވާ މި އައިއެންއާރު ސްވެޕް ވިންޑޯއަކީ ލުއި ފަސޭހަ ޝަރުތުތަކެއް އެކުލެވޭ، ނަތީޖާ ނެރެދޭނެ ވަސީލަތެކެވެ.

މި ހަރަކާތްތަކުގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލުގެ ތެރެއިން 50 މިލިއަން ޑޮލަރު މިހާތަނަށް ސަރުކާރުން ވަނީ ދައްކައި ހަލާސްކޮށްފަ އެވެ.

30 ބިލިއަން ރޫޕީގެ ސްވެޕް ފެސިލިޓީ ހަމަޖެހިގެންދިއުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ރަންގަޅަށް ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ އިންޑިއާގެ 'ނެއިބަހޫޑް ފަސްޓް' ނުވަތަ އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ރާއްޖެއަށް ދެމުންގެންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެކެވެ.

އިންޑިއާދިވެހިރާއްޖެރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް ފޮރިން އެފެއާޒް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

2 ގަޑިއިރު ކުރިން - 18:39

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%