Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ އަދަދު 62 ޕަސެންޓަށް އިތުރުވެއްޖެ: މިނިސްޓަރު އިހުސާން

ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ އަދަދު 62 ޕަސެންޓަށް އިތުރުވެއްޖެ: މިނިސްޓަރު އިހުސާން

މުހައްމަދު ޖަމްޝަތު
49 ދުވަސް ކުރިން - 23 އޭޕްރިލް 2026 13:20
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނަގަތުމަށް ކުރިއަށްގެންދާ އޮފަރޭޝަނުގައި އިމިގްރޭޝަން އޮފިސަރުންތަކެއް ހަރަކާތްތެރިވަނީ---ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނަގަތުމަށް ކުރިއަށްގެންދާ އޮފަރޭޝަނުގައި އިމިގްރޭޝަން އޮފިސަރުންތަކެއް ހަރަކާތްތެރިވަނީ---ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދައި، ހައްޔަރުކޮށް، ރާއްޖޭން ޑީޕޯޓްކުރުމުގެ މަސައްކަތް އަންނަ މަހުން ފެށިގެން ކުރިއަށްގެންދާން ވަނީ ނިންމާފައި

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ކުރެވުނު މަސައްކަތުން، ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2024 ވަނަ އަހަރުގެ މޭ މަހު މި އޮޕަރޭޝަން ފެށި އިރު ވޯކްޕާމިޓް ފީ ނުދެއްކުން ނުވަތަ ވިސާއެއް ނެތި ތިބުން ފަދަ ކަންކަމާ ގުޅިގެން 148,417 ބިދޭސީން ގަވައިދާ ހިލާފަށް ތިބި ކަމަށް ލިޔެކިއުންތަކުން ދެއްކި ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ ބޮޑުތަނުން މަދުކުރެވިފައެވެ.

"އަޅުގަނޑުމެން މިދިޔަ ދެ އަހަރު ކުރެވުނު މަސައްކަތުން، ފުރިހަމައަށް ޑޮކިއުމެންޓް ހަމަކޮށް ލާރި ދައްކާފައި ތިބި މީހުންގެ އަދަދު ވަނީ 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުކުރެވިފައި،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

Advertisement

Advertisement 1

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު މި ހިމެނޭ 62 ޕަސެންޓަކީ ވޯކްޕާމިޓް ފީ ދައްކާފައިވާ، ސައްހަކަން 100 ޕަސެންޓް ކަށަވަރުކުރެވިފައިވާ މީހުން ކަމަށެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 206,000 ބިދޭސީންގެ ފިންގަޕްރިންޓް ނަގާފައިވާއިރު، އަދިވެސް ފިންގަޕްރިންޓް ނުދީ 2,933 މީހަކު އެބަތިއްބެވެ. މި މީހުންނަކީ ކޮން ބައެއްކަން އިމިގްރޭޝަނަށް މިހާރު ދެނެގަނެވިފައިވާ ކަމަށާއި، މިވަގުތު އެންމެ ކަންބޮޑުވާ އަދަދަކީ އެއީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފޭސް އަންނަ މޭ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ފޭސްގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދައި، ހައްޔަރުކޮށް، ރާއްޖޭން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނިންމަވާލައްވަމުން މިނިސްޓަރު ވަނީ ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެމީހުންގެ ސްޓޭޓަސް ގަވައިދުން ޗެކްކޮށް، ދައްކަންޖެހޭ ފީތައް ދެއްކުމަށް އިލްތިމާސްކުރައްވާފައެވެ. އިމިގްރޭޝަންގެ ސިސްޓަމް މެދުވެރިކޮށް ބިދޭސީންގެ ވިސާގެ މުއްދަތާއި އިތުރު ތަފްސީލުތައް ފެންނަން ހުންނާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީބިދޭސީންމިނިސްޓަރު އަލީ އިހުސާން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

1 ދުވަސް ކުރިން - 11:09

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

10 ދުވަސް ކުރިން - 17:38

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

10 ދުވަސް ކުރިން - 17:03

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

11 ދުވަސް ކުރިން - 20:48

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ފުލުހުން ބަލަން ފަށައިފި

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ބަލަނީ

14 ދުވަސް ކުރިން - 12:12