ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރުކުރެއްވިތާ މާ ގިނަ އިރެއް ނުވަނީސް، އީރާނުން ކޮންޓޭނަރު އުފުލާ ބޯޓަކަށް ހަމަލާދީފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ އަސްކަރިއްޔާއިން މި ބޯޓަށް ހަމަލާދީފައިވަނީ، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، މިއީ އެމެރިކާގެ ނިންމުންތަކަށް ގޮންޖެހުމުގެ ގޮތުން އީރާނުން ދިން ހަމަލާއެކެވެ.