Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން ޝަފީގް އައްޔަނުކޮށްފި

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން ޝަފީގް އައްޔަނުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
140 ދުވަސް ކުރިން - 22 އޭޕްރިލް 2026 10:41
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝަފީގް---
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ޝަފީގް---
ޚުލާސާ

މި މަގާމަށް ބޭފުޅަކު ހުސައިން ޝަފީގް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން އޭޕްރީލް މަހުގެ 6 ވަނަ ދުވަހު މަގާމުން އިސްތިއުފާދީފައިވާތީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަލްފާޟިލް ހުސެއިން ޝަފީގް މިއަދު އައްޔަނުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި މަގާމަށް އައްޔަނުކުރެއްވި ހުސެއިން ޝަފީގަކީ ދަފްތަރު ނަންބަރު ރސ 2861 އެވެ. އޭނާ މި މަގާމަށް އައްޔަނުކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.

Advertisement

Advertisement 1

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު މި އައްޔަނުކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ ޑީސީޕީ މުހައްމަދު ރިޝްވާން އޭޕްރީލް މަހުގެ 6 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރިޝްވާން މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ބެލެވޭ ގޮތުގައި މިއީ ސަރުކާރުގެ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ބަދަލުތަކުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

ސަރުކާރުގެ އިސް މަގާމުތަކަށް މި ދުވަސްވަރު އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ނިމިދިޔަ ހަފްތާތަކުގައި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން މަގާމުން ވަކިކޮށްފައިވާއިރު، ކެބިނެޓުގެ 10 މިނިސްޓަރަކު ވެސް ވަނީ ސަރުކާރު ހިންގުމަށް ބަދަލުތަކަށް ޖާގަ ދެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވާފަ އެވެ.

މި ބަދަލުތަކަކީ ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށް ބެލެވެ އެވެ. އިންތިހާބުގެ ނަތީޖާއަށްފަހު ފެށި މި ބަދަލުތަކުގެ ސިލްސިލާގެ ދަށުން، ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުގެ އިތުރު މަގާމުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެމްޕީއެލްޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ހުސައިން ޝަފީގް (އެމްޕީއެލް ސީއީއޯ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯގެ ޗެއަރޕަރސަންގެ މަގާމަށް އަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފި

މިފްކޯގެ ޗެއަރޕަރސަންގެ މަގާމަށް އަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފި

8 ދުވަސް ކުރިން - 16:35

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

8 ދުވަސް ކުރިން - 15:54

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެމްޕީއެލްއާއެކު ސޮއިކޮށްފި

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

16 ދުވަސް ކުރިން - 08:34

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

22 ދުވަސް ކުރިން - 10:56

ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

25 ދުވަސް ކުރިން - 23:57

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ: އިގްތިސާދަށް ބޮޑު އިންގިލާބެއް

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ

29 ދުވަސް ކުރިން - 08:29