Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަޖިލިސް ރައީސް އަބްދުއްރަހީމް ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

މަޖިލިސް ރައީސް އަބްދުއްރަހީމް ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

ހުސައިން އިސްމާއިލް
47 ދުވަސް ކުރިން - 21 އޭޕްރިލް 2026 16:33
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޚުލާސާ

މިއީ ބައިނަލްއަޤވާމީ ޕާލިމަންޓަރީ ދާއިރާގައި ރާއްޖޭގެ ދައުރު ފުޅާކުރުމުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ރާއްޖެއަށް ލިބުނު ފުރުސަތެއް.

އިންޓަރޕާލިމެންޓަރީ ޔުނިއަން (އައި.ޕީ.ޔޫ) ގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތުގެ އިސްތަންބޫލަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އަދި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޛާކިރު ވެސް މި ވަފުދުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement 1

މި ދަތުރުފުޅަކީ ބައިނަލްއަޤްވާމީ ޕާލިމެންޓަރީ ދާއިރާގައި ދިވެހިރާއްޖޭގެ ދައުރު ފުޅާކުރުމަށާއި، އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރެއްވި މުހިންމު ދަތުރުފުޅެކެވެ. އިސްތަންބޫލްގައި ބޭއްވުނު މި އެސެމްބްލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޖިލިސް ރައީސުންނާއި މެންބަރުން ބައިވެރިވެވަޑައިގެން، ބައިނަލްއަޤްވާމީ މުހިންމު މައުޟޫޢުތަކަށް މަޝްވަރާކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް ރައީސް އަބްދުލް ރަހީމް އަބްދުﷲ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

1 ދުވަސް ކުރިން - 23:26

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

1 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

2 ދުވަސް ކުރިން - 12:12

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

6 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

6 ދުވަސް ކުރިން - 02:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

7 ދުވަސް ކުރިން - 14:31