Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސް ދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި

މަސް ދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި

އައިޝަތު ރުވާ ރިފްޢަތު
141 ދުވަސް ކުރިން - 21 އޭޕްރިލް 2026 13:50
މަސް ދޯނިއެއް / ފޮޓޯ: މިނިސްޓްރީ
މަސް ދޯނިއެއް / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

"ފަހި ހަކަތަ" ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ތެޔޮ ލިބޭނެ އިންތިޒާމް ވެސް މިހާރު ވަނީ ހަމަޖެހިފައި.

ރާއްޖޭގައި މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަކަށް މާދަމާ އިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ. ފިޝަރީޒް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މި ނިންމުމުގެ ދަށުން މަސްވެރިކަން ކުރާ ހުރިހާ އުޅަނދަކަށް މާދަމާ އިން ފެށިގެން އެސްޓީއޯގެ ޝެޑްތަކުން ތެޔޮ ލިބޭ އަގުގައި ޑީސަލް ލިބޭނެ މަގު ވަނީ ފަހިވެފަ އެވެ.

މީގެ އިތުރުން "ފަހި ހަކަތަ" ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ތެޔޮ ލިބޭނެ އިންތިޒާމް ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ބ. އޭފަދުށި، ފ. ނިލަންދޫ، ކ. ހިންމަފުށި، ރ. ދުވާފަރު، ދ. ކުޑަހުވަދޫ، ޅ. ފެލިވަރު، ގއ. ކޫއްޑޫގެ އިތުރުން ފުވައްމުލައް، ހުޅުމީދޫ އަދި ހުޅުމާލެ ޖެޓީން މަސްވެރިންނަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، އެސްޓީއޯ އިން މިހާރު ޑީސަލް ލީޓަރެއް ވިއްކަމުންދަނީ 17.54 ރުފިޔާއަށެވެ. މިކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަސްވެރިންނަށް އެ ބުރަ ނުޖައްސައި، ތެލުގެ ކަންކަން ވީއެންމެ ރަނގަޅަކަށް މެނޭޖުކުރުމަށް ކަމަށެވެ. އަދި ސަރުކާރުގެ މި ނިންމުން މަސްވެރިން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށް އެންވެރިކަން ރަނގަޅުވަމުން އަންނަ ކަމަށެވެ. މީގެ ސަބަބުން މަސްވެރިކަން ވެސް އިރާދަފުޅާ ކުރެއްވިއްޔާ ރަނގަޅުވަމުން އަންނަ ކަމަށާއި، މަސްވެރިކަން ރަނގަޅުވާ ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފަހަކަށް އައިސް މަސްވެރިކަން ދަށްވުމުގެ ސަބަބުން މަހުގެ ބާވަތްތައް އުފެއްދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ސަރުކާރުގެ މި އާ އިންތިޒާމާއެކު މަސްވެރިންގެ ހަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެ އެވެ.

އެސްޓީއޯމިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

8 ދުވަސް ކުރިން - 15:54

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

8 ދުވަސް ކުރިން - 13:19

ރާއްޖެއިން ބިސް ހުސްވެ ކޮންޓްރޯލް ކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

13 ދުވަސް ކުރިން - 14:05

އެސްޓީއޯ ހެލްތް ކެއަރ އިން ޕޯޓަބަލް ސްކޭން މޮޑަލްތަކެއް ތައާރަފް ކޮށްފި

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

20 ދުވަސް ކުރިން - 12:23

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

23 ދުވަސް ކުރިން - 21:15

ބޯޓުފަހަރުގެ ޗާޓަރު އަގު އިންތިހާއަށް އުފުލުނަސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

29 ދުވަސް ކުރިން - 10:46