Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއް: ރައީސް

ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއް: ރައީސް

މުހައްމަދު ޖަމްޝަތު
102 ދުވަސް ކުރިން - 20 އޭޕްރިލް 2026 21:09
ތިލަމާލެ ބުރިޖް. މި މަޝްރޫއުގެ މަސައްކަތް ނިންމަން ކޮންޓްރެކްޓަރު މިހާރު 2027 އަށް ތާރީހް ދީފައިވާކަމަށް ރައީސް ވަނީ މިއަދު ވިދާޅުވެފަ---ފޮޓޯ: ޚުލާސާ
ތިލަމާލެ ބުރިޖް. މި މަޝްރޫއުގެ މަސައްކަތް ނިންމަން ކޮންޓްރެކްޓަރު މިހާރު 2027 އަށް ތާރީހް ދީފައިވާކަމަށް ރައީސް ވަނީ މިއަދު ވިދާޅުވެފަ---ފޮޓޯ: ޚުލާސާ
ޚުލާސާ

ކޮންޓްރެކްޓަރު އެދިގެން އަނެއްކާވެސް ބުރިޖް ނިންމަން އާ މުއްދަތެއް ދީފައިވާކަން ރައީސް ވަނީ ހާމަކޮށްފަ. ރައީސް ވިދާޅުވީ މިހާރު 2027އަށް ނިންމަން ކޮންޓްރެކްޓަރު ތާރީހް ދީފައިވާކަމަށް

ތިލަމާލެ ބްރިޖުގެ މަސައްކަތް ނުނިމި ލަސްވަމުންދާ ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ނަމަވެސް ސަރުކާރުން އެ މަސައްކަތުގައި ކޮންޓްރެކްޓަރަށް ދޭންޖެހޭ އެންމެހާ އެއްބާރުލުން ދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބްރިޖުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރު ދިން އެތައް ތާރީހެއް މިހާރު ފަހަނައަޅާފައިވާ ކަމަށެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މަޝްރޫއު އަވަސްކުރުމަށް ސަރުކާރުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، މަސައްކަތް ކުރިއަށްދާ ދުވެއްޔާމެދު ހިތްހަމަޖެހިވަޑައިނުގަންނަވައެވެ. މަސައްކަތް ނުނިމި ދިގުލައިގެންދާތީ، ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރުމަށް ކޮންޓްރެކްޓަރުގެ ފަރާތުން ތަކުރާރުކޮށް އެދެމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

Advertisement

Advertisement 1

"ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް މިކަމުގައި ކުރަމުން މިދަނީ. މިހާރު އަނެއްކާވެސް އެ މުއްދަތު އިތުރުކޮށްދޭން އެދިއްޖެ. ވަރަށް ބޮޑަށް ބަލާފައި އެ މުއްދަތު ދީފިން. ކުރިންވެސް ތާރީހް ދިން. އެކަމަކު ދިމަލެއް ނުވި. މިހާރު 2027އަށް ނިންމަން ކޮންޓްރެކްޓަރު ތާރީހް ދީފައިވަނީ،" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއު ނިންމުމަށް ކޮންޓްރެކްޓަރު އެދިފައިވަނީ ކުންފުންޏަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވާ ގޮތަށް 30 މަސްދުވަހުގެ އިތުރު މުއްދަތެކެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ މިހާތަނަށް ނިމިފައިވަނީ ޖުމްލަ %71.60 މަސައްކަތެވެ. މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ބްރިޖް ޑެކަށް ބޭނުންވާ 1222 ސެގްމަންޓްގެ ތެރެއިން %84 ސެގްމަންޓް ކާސްޓްކޮށް ނިމިފައިވާއިރު، %54 ސެގްމަންޓް ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ.

މީގެ އިތުރުން، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތަކުގެ މަސައްކަތް ކުރިއަށްދާއިރު، ތިލަފުށީގައި ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްސް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ހިންގާ 6.7 ކިލޯމީޓަރުގެ ބިޔަ މަޝްރޫއެކެވެ.

މި މަޝްރޫއަށް ޖުމްލަ 500 މިލިއަން ޑޮލަރު (7 ބިލިއަނަށްވުރެ ގިނަ ރުފިޔާ) ހޭދަވާނެއެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެވެ. އަދި މި މަޝްރޫއަށް ދިވެހި ސަރުކާރުންވެސް ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުތިލަމާލެ ބްރިޖު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

1 ދުވަސް ކުރިން - 11:07

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެއްޖެ: ރައީސް

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެއްޖެ: ރައީސް

1 ދުވަސް ކުރިން - 09:54

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައި ވެސް މަސައްކަތް ކުރިން، ނަމަވެސް އޭރުގެ ސަރުކާރުން ވަނީ ހުރަސްއަޅާފަ: ރައީސް

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައިވެސް މަސައްކަތް ކުރިން: ރައީސް

1 ދުވަސް ކުރިން - 09:10

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށް ވުން އެކަށީގެންވޭ: ރައީސް

މާލޭގެ މަގުތައް ހެދުމަކީ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށްވުން އެކަށީގެންވޭ: ރައީސް

2 ދުވަސް ކުރިން - 01:33

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 15:06

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނަން: ރައީސް

4 ދުވަސް ކުރިން - 14:06