Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އާޖެންޓީނާ އިން ގުދުސްގައި އެމްބަސީ ހުޅުވަނީ

އާޖެންޓީނާ އިން ގުދުސްގައި އެމްބަސީ ހުޅުވަނީ

ހުސައިން އިސްމާއިލް
46 ދުވަސް ކުރިން - 20 އޭޕްރިލް 2026 16:54
އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި އާއި އިޒުރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ދެޤައުމުގެ އޮފިޝަލުން… (ފައިލް ފޮޓޯ)
އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި އާއި އިޒުރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ދެޤައުމުގެ އޮފިޝަލުން… (ފައިލް ފޮޓޯ)
ޚުލާސާ

އާޖެންޓީނާ އިން ގުދުސްގައި އެމްބަސީ ހުޅުވުމަކީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގާ ޖަރީމާތަކަށް ލިބޭ ހިތްވަރެއް.

އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި، އެގައުމުގެ އެމްބަސީ ތަލްއަވީވުން ގުދުސް (ޖެރޫސަލަމް) އަށް ބަދަލުކުރައްވައި، ރަސްމީކޮށް ހުޅުއްވައިދެއްވުމަށްޓަކައި އިޒްރޭލަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ އާޖެންޓީނާގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ވެވަޑައިގެންފައިވާ ވައުދެއް ފުއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މި ނިންމުމާއެކު، އާޖެންޓީނާ ވެގެން ގޮސްފައިވަނީ އިޒްރޭލުގައި ހުންނަ އެގައުމުގެ އެމްބަސީ ގުދުސްއަށް ބަދަލުކުރި މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަށެވެ.

ގުދުސްއަކީ އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ބިމެއްގެ ގޮތުގައި ބިނަ ޤައުމުތަކުން ބަލާއިރު، މި ފިޔަވަޅަކީ ފަލަސްތީނުގެ ހައްގުތަކަށް އަރައިގަތުން ކަމަށް ބުނެ ގިނަ ގައުމުތަކަކުންނާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް، މުސްލިމް ގައުމުތަކުން ދެކޭގޮތުގައި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، އަދި މެދުއިރުމަތީގެ ސުލްހައަށް އޮތް ބޮޑު ހުރަހެކެވެ.

Advertisement

Advertisement 1

އާޖެންޓީނާގެ ރައީސް އިޒްރޭލަށް ކުރައްވާ މި ދަތުރުފުޅުގައި އެގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މި އަމަލުގެ ސަބަބުން އިސްލާމީ އުންމަތާއި އާޖެންޓީނާއާ ދެމެދު އޮތް ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ގުދުސްގައި އެމްބަސީ ހުޅުވުމަކީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ހިންގާ ޖަރީމާތަކަށް ލިބޭ ހިތްވަރެކެވެ. މީގެ ކުރިން އެމެރިކާއިން ވެސް ވަނީ އެގައުމުގެ އެމްބަސީ ގުދުސްއަށް ބަދަލުކޮށްފައެވެ. މިއީ މުޅި ދުނިޔޭގެ މުސްލިމުންގެ ނުރުހުން އަމާޒުވެފައިވާ ކަމެކެވެ.

ގުދުސްއާޖެންޓީނާއިސްރާއީލްމެދުއިރުމަތި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

1 ދުވަސް ކުރިން - 11:09

ޣައްޒާއިން އަނެއްކާވެސް އިތުރު 8 މީހުން ޝަހީދުކޮށްލައިފި

ޣައްޒާއިން އަނެއްކާވެސް އިތުރު 8 މީހުން ޝަހީދުކޮށްލައިފި

1 ދުވަސް ކުރިން - 07:38

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

3 ދުވަސް ކުރިން - 03:12

ހަމަލާތައް ނުހުއްޓުވައިފިނަމަ އެމެރިކާއާއެކު ބާއްވާ މަޝްވަރާތައް މެދުކަނޑާލާނެކަމުގެ އިންޒާރު އީރާނުން ދީފި

ހަމަލާތައް ނުހުއްޓުވައިފިނަމަ އެމެރިކާއާއެކު ބާއްވާ މަޝްވަރާތައް މެދުކަނޑާލާނެކަމުގެ އިންޒާރު އީރާނުން ދީފި

4 ދުވަސް ކުރިން - 05:49

އިސްރާއީލުން ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމުން ހިޒްބުﷲ އިން ވަރުގަދަ ރައްދެއް ދީފި

އެއްބަސްވުމާ ޚިލާފުވުމުން ހިޒްބުﷲ އިން އިސްރާއީލަށް ވަރުގަދަ ރައްދެއް ދީފި

4 ދުވަސް ކުރިން - 05:32

އީރާނުން އެމެރިކާގެ މުދާ އުފުލާ ބޯޓަކަށް ކްރޫޒް މިސައިލުން ހަމަލާދީފި

އީރާނުން އެމެރިކާގެ މުދާ އުފުލާ ބޯޓަކަށް ކްރޫޒް މިސައިލުން ހަމަލާދީފި

4 ދުވަސް ކުރިން - 05:17