Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުތަކާއެކު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި

ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުތަކާއެކު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި

މުހައްމަދު ޖަމްޝަތު
86 ދުވަސް ކުރިން - 20 އޭޕްރިލް 2026 14:37
އަލުން ހުވާކުރެއްވި 14 ވަޒީރުން
އަލުން ހުވާކުރެއްވި 14 ވަޒީރުން
ޚުލާސާ

ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ވަޒީރުންނަށް ފުރިހަމަ ގާނޫނީ ބާރުވެރިކަން ލިބިގެންދާނީ މަޖިލީހުގެ ރުހުން ލިބުމުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް މި މަހުގެ 14 އަދި 15 ވަނަ ދުވަހު ގެންނެވި ބަދަލުތަކެކެވެ. ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއެކު، ކުރިން 20 ވުޒާރާ އޮތް އޮނިގަނޑު ވަނީ 15 ވުޒާރާއަށް މަދުކުރައްވާފައެވެ. މި ބަދަލާ ގުޅިގެން 10 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވި ވަޒީރުން ވިދާޅުވީ، މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހަށް އަލަށް 5 ބޭފުޅަކު އައްޔަންކުރައްވާފައެވެ. އަދި ކުރިން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި 9 ބޭފުޅަކު، ވުޒާރާތަކުގެ މަސްއޫލިއްޔަތުތަކަށް ގެންނެވި ބަދަލުތަކާއެކު ވަނީ އަލުން މަގާމުގެ ހުވާކުރައްވާފައެވެ.

Advertisement

Advertisement 1

ރުހުން ހޯދުމަށް ފޮނުއްވި ވަޒީރުންގެ ލިސްޓު

ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

  1. ހަސަން ރަޝީދު (ދިފާއީ ވަޒީރު)
  2. މޫސާ ޒަމީރު (މާލީ ވަޒީރު)
  3. އަލީ އިހްސާން (ދާޚިލީ ވަޒީރު)
  4. އިރުތިޝާމް އާދަމް (ޚާރިޖީ ވަޒީރު)
  5. ޑރ. އިސްމާއިލް ޝަފީއު (ތައުލީމީ ވަޒީރު)
  6. ގީލާ އަލީ (ސިއްހީ ވަޒީރު)
  7. މުހައްމަދު ސައީދު (އިގުތިސާދީ ވަޒީރު)
  8. އަހުމަދު ޝިޔާމް (މަސްވެރިކަމާ ބެހޭ ވަޒީރު)
  9. ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު)
  10. މުހައްމަދު އަމީން (ފަތުރުވެރިކަމާ ބެހޭ ވަޒީރު)
  11. އަބްދުﷲ ރާފިއު (ޒުވާނުންނާ ބެހޭ ވަޒީރު)
  12. ހީނާ ވަލީދު (ފަންނާއި ސަގާފަތާ ބެހޭ ވަޒީރު)
  13. އަބްދުﷲ މުއްތަލިބް (ބިނާރާ ބެހޭ ވަޒީރު)
  14. އަލީ ޝަރީފް (ތިމާވެއްޓާ ބެހޭ ވަޒީރު)

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި މައްސަލަ މިހާރު ވަނީ ދިރާސާކުރުމަށްޓަކައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ. ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ވަޒީރުންނަށް ފުރިހަމަ ގާނޫނީ ބާރުވެރިކަން ލިބިގެންދާނީ މަޖިލީހުގެ ރުހުން ލިބުމުންނެވެ. ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމާނީ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމުން، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

ރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

8 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

8 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

20 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

39 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

40 ދުވަސް ކުރިން - 12:12