Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިތުރު ބަދަލުތައް ގާނޫނުއަސާސީ އަށް ގެންނަން ރައްޔިތުން ދެކޮޅު، އެކަމެއް ނުކުރާނަން: ރައީސް

އިތުރު ބަދަލުތައް ގާނޫނުއަސާސީ އަށް ގެންނަން ރައްޔިތުން ދެކޮޅު، އެކަމެއް ނުކުރާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
100 ދުވަސް ކުރިން - 20 އޭޕްރިލް 2026 11:42
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ގާނުނުއަސާސީއަށް ބަދަލު ގެނައުމަކީ ރައްޔިތުން އެހާ ރުހޭ ކަމެއް ނޫން ކަމަށާއި، އެ މެސެޖު ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ދީފައިވާ ކަމަށް.

ގާނޫނުއަސާސީ އިސްލާހުކޮށް ބަދަލުކުރުމަކީ ރައްޔިތުން އެންމެ ރުހޭ ގޮތް ނޫންކަމަށް ވާތީ، ކުރިއަށް އޮތް ތަނުގައި ގާނޫނުއަސާސީއަށް އިތުރު ބަދަލުތަކެއް ނުގެންނަވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމާ ގުޅޭގޮތުން ދާދިފަހުން ނެގި ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ވަރަށް ސާފު މެސެޖެއް ދީފައިވާ ކަމަށެވެ. އެގޮތުން، ގާނޫނުއަސާސީ ބަދަލުކުރުމަކީ ރައްޔިތުން ބޭނުންވާ ގޮތް ނޫންކަން އެނގިވަޑައިގެންފައިވާތީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް އަމަލުކުރެއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ހިތުން ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން މިވަނީ ވަރަށް ބޮޑު މެސެޖެއް ދެއްވާފައި. އެއީ ގާނޫނުއަސާސީއަށް ބަދަލުތައް ގެންނައުމަކީ ރައްޔިތުން އެހާ ބޮޑަށް ގަބޫލުކުރާ ނުވަތަ ފޭވާކުރާ ކަމެއް ނޫންކަން. އެހެންވީމާ ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ އިސްލާހެއް ކުރިއަށް އޮތް ތާނގައި ގެންނާކަށް އަޅުގަނޑުމެން ގަސްތެއްނުކުރަން،" ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނެގި ވޯޓަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި މަޖިލީހުގެ ދައުރު ފެށޭ ތާރީހަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހާ ގުޅޭ ވޯޓެކެވެ. އެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ 69 އިންސައްތަ މީހުން ވަނީ އެ އިސްލާހު ތަސްދީގުކުރަން ނުފެންނަ ކަމަށް ވޯޓު ދީފަ އެވެ.

ގާނޫނުއަސާސީ ބަދަލުނުކުރެއްވި ނަމަވެސް، ގާނޫނުތަކަށް ބަދަލު ގެނެސްގެން ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ މުހިއްމު އިސްލާހުތައް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެހެން ހިފެހެއްޓުމާއި، ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޚާއްސަކޮށް، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ޖޭއެސްސީގެ ބަދަލުގައި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ހެދުމަށް ބޭނުންވާ ބަދަލުތައް ގެންނަވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ނިންމުންތަކަށް އިހުތިރާމްކޮށް، ރައްޔިތުން އެދޭ ގޮތަށް ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ގާނޫނު އަސާސީރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށް ވުން އެކަށީގެންވޭ: ރައީސް

މާލޭގެ މަގުތައް ހެދުމަކީ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށްވުން އެކަށީގެންވޭ: ރައީސް

2 ގަޑިއިރު ކުރިން - 01:33

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

13 ގަޑިއިރު ކުރިން - 15:06

ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގެ ނިޒާމު ބަދަލުކޮށްލާ އައު ބިލު މަޖިލީހަށް

ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގެ ނިޒާމު ބަދަލުކޮށްލާ އައު ބިލު މަޖިލީހަށް

14 ގަޑިއިރު ކުރިން - 13:41

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނަން: ރައީސް

2 ދުވަސް ކުރިން - 14:06

މިހާތަނަށް 1.6 މިލިއަން ގަސް އިންދައިފި؛ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2 މިލިއަން ގަސް އިންދުން

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 2 މިލިއަން ގަސް އިންދުން

2 ދުވަސް ކުރިން - 13:50

އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

2 ދުވަސް ކުރިން - 13:35