Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

2028 ގައި ހޮވައިފި ނަމަ ދައުލަތުގެ ވެރިޔަކަށް ނަޝީދު އައްޔަންކުރާނަން: ފައްޔާޒު

2028 ގައި ހޮވައިފި ނަމަ ދައުލަތުގެ ވެރިޔަކަށް ނަޝީދު އައްޔަންކުރާނަން: ފައްޔާޒު

އައިޝަތު ރުވާ ރިފްޢަތު
138 ދުވަސް ކުރިން - 19 އޭޕްރިލް 2026 17:07
ފައްޔާޒް އިސްމާއީލާއި ރައީސް ނަޝީދު---
ފައްޔާޒް އިސްމާއީލާއި ރައީސް ނަޝީދު---
ޚުލާސާ

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން އުޅޭ ބޮޑު ބަދަލުގެ ދަށުން، ސަރުކާރުގެ ވެރިޔާގެ މަގާމަށް ފައްޔާޒު އިސްމާއިލް ގެނައުމަށް އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށް.

2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ދައުލަތުގެ ވެރިޔާގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަންކުރައްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު އިއުލާނު ކުރައްވައިފި އެވެ.

"ބޮޑު ބަދަލު" ނަމުގައި ފައްޔާޒު އިސްމާއިލާއި ރައީސް ނަޝީދުގެ ފެކްޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި ދެ ބޭފުޅުން ވަނީ ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ގެންނަން ގަސްދުކުރާ ސިޔާސީ ބޮޑެތި ބަދަލުތަކުގެ ތަފްސީލު ހާމަކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން އުޅޭ ބޮޑު ބަދަލުގެ ދަށުން، ސަރުކާރުގެ ވެރިޔާގެ މަގާމަށް ފައްޔާޒު އިސްމާއިލް ގެނައުމަށް އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ. މި ބަދަލުތަކާ ގުޅޭގޮތުން ހުށަހެޅި ޕްރެޒެންޓޭޝަނުގައި އެންމެ ބޮޑަށް އަލިއަޅުއްވާލާފައިވަނީ ސަރުކާރުގެ ވެރިޔަކާއި ދައުލަތުގެ ވެރިއެއް ވަކިން ހުންނަވާ ބަރުލަމާނީ ނިޒާމެއްގެ ސިފަތަކަށެވެ.

Advertisement

Advertisement 1

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކުރިއަށް އޮތް ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލައްވާނެކަން ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ބަދަލުތައް ގެނެވޭނީ އެމަނިކުފާނަށް ކަމަށް ގަބޫލުކުރެއްވޭތީ، އެކަމަށް މަގުފަހިކުރުމަށްޓަކައި ޗެއާޕާސަން ކަމަށް ކުރިމަތިލައްވަނީއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު ދެއްވާފައިވާއިރު، އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ގިނަ ލީޑަރުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ފައްޔާޒު އިސްމާއިލްގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މާލޭގެ މޭޔަރު އާދަމް އާޒިމް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޝަމްހީދު އަހްމަދު ހިމެނެ އެވެ.

ފައްޔާޒް އިސްމާއިލްރައީސް މުޙައްމަދު ނަޝީދުއެމްޑީޕީ
Advertisement
Advertisement

2 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ދައުސް

138 ދުވަސް ކުރިން - 18:20

މިތާކު ދެމީހުންނަކަށް ސަރުކާރުގެވެރިޔަކަށްނުވެވޭނެ.

ގުޅޭ ޚަބަރުތައް

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

7 ދުވަސް ކުރިން - 10:23

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

13 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

13 ދުވަސް ކުރިން - 18:55

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

18 ދުވަސް ކުރިން - 10:56

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

18 ދުވަސް ކުރިން - 17:30

ސޯލިހަށް ޕްރައިމަރީ ކާމިޔާބު ނުވާނެ ކަމުގެ އިޝާރާތެއް ފައްޔާޒު ދެއްވައިފި

ސޯލިހަށް ޕްރައިމަރީ ކާމިޔާބު ނުވާނެ ކަމުގެ އިޝާރާތެއް ފައްޔާޒު ދެއްވައިފި

22 ދުވަސް ކުރިން - 10:21