Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރެފަރަންޑަމްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ ކެމްޕެއިން ޓީމުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމުން: ރައީސް

ރެފަރަންޑަމްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ ކެމްޕެއިން ޓީމުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމުން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
96 ދުވަސް ކުރިން - 19 އޭޕްރިލް 2026 14:13
ރައީސް މުއިއްޒު އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ---
ރައީސް މުއިއްޒު އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

އެމަނިކުފާނު ވިދާޅުވީ، އެ މައުލޫމާތު ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގައި ޕީއެންސީ ޓީމަށް އެކަށީގެންވާ މަސައްކަތްތަކެއް ފޯރުކޮށްދެވިފައި ނުވާ ކަމަށް.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނާކާމިޔާބުވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕެއިން ޓީމުތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރެފަރަންޑަމްގެ ވޯޓު ނާކާމިޔާބުވި ސަބަބުތައް ތަފްސީލުކޮށް ބެލިއިރު، އެންމެ ބޮޑު އެއް ސަބަބަކީ ޕީއެންސީގެ ކެމްޕޭން ޓީމުތަކުން އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވުން ކަމަށެވެ. މި ޖަލްސާއަކީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިލެކްޝަންގައި ތޮއްޑޫ ދާއިރާގެ ތިން ރަށުން ވެސް ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއެކެވެ.

ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ މުހިންމުކަން ރައީސް އަމިއްލަފުޅަށް ވެސް ތަކުރާރުކޮށް ސާފުކޮށްދެއްވާފައިވާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އޭގައި އޮތީ ހުސް ފައިދާ ކަމަށާއި ނަމަވެސް އެ މައުލޫމާތު ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގައި ކެމްޕެއިން ޓީމުތައް ފަހަތަށް ޖެހިފައިވާ ކަމަށެވެ.

Advertisement

Advertisement 1

"އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް. އެކަމަކު އެކަން ކިޔައިދޭން އަޅުގަނޑުމެންނަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެވޭ. އަޅުގަނޑުމެންގެ ކެމްޕޭން ޓީމުތަކުން އެ މަސައްކަތް ރަނގަޅަށް ކުރެވިފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

މި ވޯޓުގެ ރަސްމީ ނަތީޖާއަށް ބަލާއިރު ނުފެންނަ ކަމަށް 148،859 މީހުން ވޯޓު ލާފައިވެ އެވެ. އެއީ ވޯޓު ލީ މީހުންގެ 68.74 އިންސައްތަ އެވެ. އަދި ފެންނަ ކަމަށް ވޯޓު ލާފައިވަނީ 67،680 މީހުންނެވެ. އެއީ ވޯޓުގެ 31.26 އިންސައްތަ އެވެ. ރައީސް ވިދާޅުވީ ރައްޔިތުން ނިންމި ގޮތަށް އެކަން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ޕީއެންސީން އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވި އޮތް ވަގުތު، އިދިކޮޅު ފަރާތްތަކުން ފެތުރި ދޮގު ވާހަކަތައް ރައްޔިތުންނާ ހަމައަށް ފޯރާފައިވާ ކަމަށެވެ. އަދި އިންތިހާބުތަކަށް ރައްޔިތުންގެ ކައިރިއަށް ދާއިރު އެކުވެރިކަމާއެކު އެއް ޓީމެއްގެ ގޮތުގައި ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ނަސޭހަތްތެރިވެލެއްވި އެވެ.

މި އިންތިހާބާ ދިމާކޮށް ރައީސް ރަށްރަށަށް ވަޑައިނުގަތް ސަބަބާ ގުޅޭގޮތުން މީގެ ކުރިން ރައީސް ވިދާޅުވީ، މީގެ ކުރިން ރައީސުން ރަށްރަށަށް ވަޑައިގަންނަވަނީ އިންތިހާބުތަކާ ދިމާކޮށް "ކަނޑަޖަހަން" ކަމަށާއި، އެ އުސޫލު ގެންގުޅެން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް ވެރިކަމުގެ މިވީ މުއްދަތުގައި ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލަތު ބައްލަވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއއ. ރަސްދޫޕީއެންސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

22 ގަޑިއިރު ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

1 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

2 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

2 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

2 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

2 ދުވަސް ކުރިން - 18:38