Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކެލާއާއި މާވަށުގެ ޑަބްލިއުޑީސީ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީއިން

ކެލާއާއި މާވަށުގެ ޑަބްލިއުޑީސީ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީއިން

އައިޝަތު ރުވާ ރިފްޢަތު
98 ދުވަސް ކުރިން - 18 އޭޕްރިލް 2026 19:07
ޕީއެންސީން ބޭއްވި ހިނގާލުމެއްގެ ތެރެއިން---
ޕީއެންސީން ބޭއްވި ހިނގާލުމެއްގެ ތެރެއިން---
ޚުލާސާ

ންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވާދަކުރި ގޮނޑިތަކުގެ ތެރެއިން ތިން ގޮނޑިއެއް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައި.

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންގެ ދެވަނަ ބުރުގައި، ވެރިކަން ކުރާ ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައި، ހއ. ކެލާއާއި ލ. މާވަށުގެ ޑަބްލިއުޑީސީ ގޮޑި ކާމިޔާބުކޮށްފި އެވެ.

މި އިންތިހާބަކީ މީގެ ކުރިން ބޭއްވުނު އިންތިހާބުގައި ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން، ނަތީޖާ ކަށަވަރު ކުރުމަށްޓަކައި ބޭއްވުނު ދެވަނަ ބުރެކެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވާދަކުރި ގޮނޑިތަކުގެ ތެރެއިން ތިން ގޮނޑިއެއް ޕީއެންސީން ވަނީ ކާމިޔާބުކޮށްފަ އެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު ހޮވުމަށެވެ. މީގެ އިތުރުން ހއ. ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ކޮމިޓީގެ މެންބަރުން ހޮވުމަށް ވެސް ވޯޓުލުން ކުރިއަށްދިޔައެވެ.

Advertisement

Advertisement 1

ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީން ކާމިޔާބުކުރި ތިން ގޮނޑިއަކީ:

  1. ހއ. ކެލާ: އަންހެނުންގެ ކޮމިޓީގެ ރައީސްގެ ގޮނޑި - ހައްވާ ފަޒްނާ (ޕީއެންސީ)
  2. ހދ. ނޭކުރެންދޫ: އަންހެނުންގެ ކޮމިޓީގެ މެންބަރުގެ ގޮނޑި - ފާތިމަތު ރިއުޒާ (ޕީއެންސީ)
  3. ލ. މާވަށު: އަންހެނުންގެ ކޮމިޓީގެ މެންބަރުގެ ގޮނޑި - ފާތިމަތު ޝާފިއާ (ޕީއެންސީ)

މީގެ އިތުރުން ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު ރަފާހް އެވެ. އަދި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޝީޒާ އިބްރާހިމެވެ.

ޕީއެންސީހއ. ކެލާލޯކަލް ކައުންސިލް އިންތިޚާބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލައިފި

14 ދުވަސް ކުރިން - 18:55

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

15 ދުވަސް ކުރިން - 15:25

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ކިއު ބަންދުވާނެ

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ބަންދުވާނެ

15 ދުވަސް ކުރިން - 15:17

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

15 ދުވަސް ކުރިން - 23:00

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން

21 ދުވަސް ކުރިން - 21:23

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

41 ދުވަސް ކުރިން - 00:49