Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނޭކުރެންދޫ ޑަބްލިޔުޑީސީ ގޮނޑި ޕީއެންސީ ކެންޑިޑޭޓް ރިއުޒާ ކާމިޔާބުކޮށްފި

ނޭކުރެންދޫ ޑަބްލިޔުޑީސީ ގޮނޑި ޕީއެންސީ ކެންޑިޑޭޓް ރިއުޒާ ކާމިޔާބުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
53 ދުވަސް ކުރިން - 18 އޭޕްރިލް 2026 18:28
ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޕީއެންސީ ފަރާތުން ވަދަކުރާ ކެންޑިޑެޓު ފާތިމަތު ރިއުޒާ
ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޕީއެންސީ ފަރާތުން ވަދަކުރާ ކެންޑިޑެޓު ފާތިމަތު ރިއުޒާ
ޚުލާސާ

މިދިޔަ އޭޕްރީލް 4 ގައި ބޭއްވި ބައި-އިލެކްޝަނުން ދެ ކެންޑިޑޭޓުން އެއްވަރުވުމާ ގުޅިގެން، މިއަދު ވަނީ ދެވަނަ ބުރެއް ބާއްވާފައި.

ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ދެވަނަ ބުރު، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ރިއުޒާ ކާމިޔާބުކޮށްފި އެވެ.

މި ގޮނޑިއަށް މެންބަރަކު ހޮވުމަށް މިއަދު ދެވަނަ ބުރެއް ބާއްވަން ޖެހުނީ، މިދިޔަ އެޕްރީލް މަހުގެ 4 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ވާދަކުރި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ. އެ ފަހަރު ޕީއެންސީގެ ކެންޑިޑޭޓް ފާޠިމަތު ރިއުޒާ އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ފާތިމަތު ނިޝާދާ، މިއިން ކޮންމެ ކެންޑިޑޭޓަކަށް ލިބިފައިވަނީ 300 ވޯޓެވެ.

މިއަދު ބޭއްވި ދެވަނަ ބުރުގެ ވޯޓުލުމުގައި ޕީއެންސީގެ ކެންޑިޑޭޓް ރިއުޒާ ގޮނޑި ކަށަވަރުކޮށްފައިވާކަން އިންތިހާބުގެ ކަންކަމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، މިހާތަނަށް ވޯޓުގެ ސާފު އަދަދުތައް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

Advertisement

Advertisement 1

ނޭކުރެންދޫގެ އިތުރުން، އިތުރު ބައެއް ރަށްރަށުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމުގެ ވޯޓުލުންވެސް މިއަދު ވަނީ ކުރިއަށް ގޮސްފަ އެވެ. އޭގެ ތެރޭގައި ހއ. ކެލާ ޑަބްލިޔުޑީސީގެ ރައީސް ހޮވުމާއި، ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑީގެ އިތުރުން، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަ ގޮނޑިއާއި ލ. މާވަށް ޑަބްލިޔުޑީސީ މެންބަރު ހޮވުމަށް ބޭއްވި އިންތިހާބު ހިމެނެ އެވެ.

މި އިންތިހާބުތަކަކީ އެކި ސަބަބުތަކާ ހުރެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔަ އިންތިހާބުތަކެކެވެ.

ޕީއެންސީހދ. ނޭކުރެންދޫ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

4 ދުވަސް ކުރިން - 10:48

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

4 ދުވަސް ކުރިން - 23:26

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

4 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

10 ދުވަސް ކުރިން - 14:31