Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުނދަގޫ ހާލަތުގައިވެސް މަސްވެރިންނަށް ތެޔޮ ލިބުން ސަރުކާރުން ކަށަވަރުކޮށްދޭނެ: މިނިސްޓަރު

އުނދަގޫ ހާލަތުގައިވެސް މަސްވެރިންނަށް ތެޔޮ ލިބުން ސަރުކާރުން ކަށަވަރުކޮށްދޭނެ: މިނިސްޓަރު

އައިޝަތު ރުވާ ރިފްޢަތު
94 ދުވަސް ކުރިން - 18 އޭޕްރިލް 2026 18:02
މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ  އަހްމަދު ޝިޔާމް/ ފޮޓޯ؛ ރައީސް އޮފީސް
މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ އަހްމަދު ޝިޔާމް/ ފޮޓޯ؛ ރައީސް އޮފީސް
ޚުލާސާ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ ނަމަވެސް، ސަރުކާރުން އަންނަނީ މަސްވެރިންނަށް އެއްވެސް ދަތިކަމެއް ނުވާނެހެން ތެޔޮ ލިބުމުގެ އިންތިޒާމްތައް ހަމަޖައްސަމުންކަން މިނިސްޓަރު ވިދާޅުވި

މަސްވެރިންނަށް ތެޔޮ ލިބުން ދަތިވެ، މަސްވެރިކަމަށް ބުރޫ އަރާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ހަބަރުތަކަކީ ހަގީގަތާ ހިލާފު ދޮގު ހަބަރުތަކެއް ކަމަށް މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ރާއްޖޭގެ މަސްވެރި އުޅަނދުފަހަރަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. ވަޒީރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މަސްވެރިންނަށް އެއްވެސް ދަތިކަމެއް ނުވާނެހެން ތެޔޮ ލިބުމުގެ އިންތިޒާމްތައް ވަރަށް ފުރިހަމައަށް މެނޭޖުކުރަމުން ކަމަށެވެ.

މި އުނދަގޫ އިގްތިސާދީ ހާލަތުގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. "ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއިން ދުވަހަކު މައްޗަށް އަރައިގެން ނުދާވަރަށް މައްޗަށް އަރައިގެން ދިޔަނަމަވެސް، ދިވެހި މަސްވެރިންނަށް އެ ބުރަ ނުޖައްސާ ސަރުކާރުން މިގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މެނޭޖުކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ. އަދި މިކަން މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

މީޑިއާތަކުން ފަތުރާ ހަބަރުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ނޫސްތަކުގައި އެފަދަ ހެޑްލައިންތައް ޖަހާއިރު ކަން އޮތްގޮތް ރަނގަޅަށް ބަލާލިނަމަ ވަރަށް ބޮޑަށް ރަނގަޅުވީސް ކަމަށެވެ. މީގެއިތުރުން ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވަމުން އަންނާތީ، މާތްﷲގެ އިރާދަފުޅާއެކު މަސްވެރިކަން އަންނަކީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެހެންކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އިންޑަސްޓްރީގެ މަޝްވަރާއާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމަށާއި މަސްވެރިންނަށް އެންމެ ރަނގަޅު ގޮތްތައް މަގުފަހިކޮށްދިނުމަށް ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

7 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

7 ދުވަސް ކުރިން - 11:05

ކަނޑުމަސްވެރިކަމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރަނީ

ކަނޑުމަސްވެރިކަމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރަނީ

11 ދުވަސް ކުރިން - 21:14

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވަނީ

ފިޝަރީސް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހަމަވަނީ

35 ދުވަސް ކުރިން - 22:08

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

35 ދުވަސް ކުރިން - 12:32

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

48 ދުވަސް ކުރިން - 17:27