Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރުމަށް އަންގައިފި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރުމަށް އަންގައިފި

އައިޝަތު ރުވާ ރިފްޢަތު
144 ދުވަސް ކުރިން - 18 އޭޕްރިލް 2026 18:01
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް / ފޮޓޯ: ޚުލާސާ
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް / ފޮޓޯ: ޚުލާސާ
ޚުލާސާ

މިފިޔަވަޅުތަކަކީ ދައުލަތުގެ މާލީ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށާއި، ދިގު މުއްދަތަކަށް ކުންފުނިތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަމަށް މިނިސްޓްރީން ފާހަގަކުރި.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ނިންމައިފި އެވެ.

މި ނިންމުމާ ގުޅިގެން، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، 17 އެޕްރީލް 2026 ގައި ފައިނޭންސް މިނިސްޓްރީން ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އަށް އަންގާފަ އެވެ. ޕީ.ސީ.ބީގެ ރައީސް މުހައްމަދު އަނަސް އަށް ފޮނުއްވި ސިޓީއެއްގައި މިނިސްޓްރީން ވަނީ، ކުންފުނިތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ބަޔާންކޮށްފަ އެވެ.

މި އިރުޝާދުތަކުގެ އެންމެ މުހިންމު އެއް ބަޔަކީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ދީފައިވާ އަމުރެވެ. މީގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި ހުނަރަށް ބަލައިގެން މީހުން އައްޔަންކުރާ "މެރިޓް ބޭސްޑް" އުސޫލަކަށް އަމަލުކުރަން ފެށުމަށް ވެސް ވަނީ އަންގާފަ އެވެ. މިއީ އެންމެ ގާބިލު ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ދީ، ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް މިނިސްޓްރީން ފާހަގަކުރި އެވެ.

Advertisement

Advertisement 1

ފައިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ފިޔަވަޅުތަކަކީ ދައުލަތުގެ މާލީ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށާއި، ދިގު މުއްދަތަކަށް ކުންފުނިތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެކެވެ. މިކަންކަން ތަންފީޒުވަމުންދާ މިންވަރު މޮނިޓަރކޮށް، ގަވާއިދުން އަދާހަމަ މަޢުލޫމާތު ހިއްސާކުރުމަށް ޕީ.ސީ.ބީ އަށް ވަނީ އަންގާފަ އެވެ.

މި އިރުޝާދުތަކަކީ ހަރަދު ކުޑަކުރުމަށް މީގެ ކުރިން ޕީ.ސީ.ބީން ނެރެފައިވާ އުސޫލުތަކަށް އިތުރުކުރެވުނު ބަދަލުތަކެކެވެ. މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި އައު މުވައްޒަފުން ނެގުމާއި މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމުގެ އިތުރުން، އިތުރުގަޑީގެ މަސައްކަތާއި އިހްތިޔާރީ ހަރަދުތައް ކުޑަކުރުން ހިމެނެ އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަށް ފަށާފައިވާ މި މަސައްކަތުގެ ދަށުން، ކުންފުނިތަކަކީ ދައުލަތަށް ބުރައަކަށް ނުވާނެހެން ހިންގާ ތަންތަނަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް

8 ދުވަސް ކުރިން - 19:00

މިފްކޯގެ ޗެއަރޕަރސަންގެ މަގާމަށް އަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފި

މިފްކޯގެ ޗެއަރޕަރސަންގެ މަގާމަށް އަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފި

8 ދުވަސް ކުރިން - 16:35

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

8 ދުވަސް ކުރިން - 15:54

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

22 ދުވަސް ކުރިން - 11:13

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

22 ދުވަސް ކުރިން - 10:56

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

23 ދުވަސް ކުރިން - 13:11