ޅ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ދިއްދޫން ފެނުނު ކިނބުލެއް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިންނާ މިއަދު ހަވާލުކޮށްފި އެވެ.
ދިގުމިނުގައި 5 ފޫޓު ހުރި މި ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި ޅ. ދިއްދޫއަށް ދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރު އެވެ. ކިނބޫ ފެނުމާއެކު އެމީހުން ވަނީ އެ ކިބޫ ހިފައިގެން ޅ. ނައިފަރަށް ގެންގޮސްފަ އެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހެނދުނު 10:51 ހާއިރު އެވެ.










