Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޒަކާތަކީ اللهގެ މަހުލޫގުންނާ އަޅާއާ ގުޅުވައިދޭ މުހިންމު ވަސީލަތެއް: ހުތުބާ

ޒަކާތަކީ اللهގެ މަހުލޫގުންނާ އަޅާއާ ގުޅުވައިދޭ މުހިންމު ވަސީލަތެއް: ހުތުބާ

އައިޝަތު ރުވާ ރިފްޢަތު
155 ދުވަސް ކުރިން - 17 އޭޕްރިލް 2026 13:13
ހުކުރު ހުތުބާގެ ވަގުތުގައި. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުކުރު ހުތުބާގެ ވަގުތުގައި. / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ޒަކާތުގެ ސަބަބުން މީހާގެ ނަފުސު ދަހިވެތިކަމުން ތާހިރުކޮށްދީ، މުދަލުގައި ބަރަކާތް ލައްވާކަން ހުތުބާގައި ފާހަގަކުރެއްވި.

އިސްލާމްދީނުގެ މަތިވެރި ރުކުނެއް ކަމުގައިވާ މުދަލު ޒަކާތަކީ اللهގެ މަހުލޫޤުންނާ އަޅާއާ ގުޅުވައިދޭ މުހިންމު ވަސީލަތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފި އެވެ.

ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނޫނެވެ. އަދި އެއީ ނިކަމެތިންނަށް ވެދެވޭ އިހުސާންތެރިކަމެއްގެ ބަދަލުގައި، އެއީ އަދުލުވެރިކަމާއި އިންސާފުގެ މައްޗަށް ބިނާވެފައިވާ އިލާހީ ނިޒާމެކެވެ.

ހުތުބާގައި ފާހަގަކުރި ގޮތުގައި، ނަމާދަކީ އަޅާއާ اللهއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ އަޅުކަމަކަށް ވާ ފަދައިން، ޒަކާތަކީ މުޖުތަމައުގެ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށްދޭ ކަމެކެވެ. ޒަކާތުގެ ސަބަބުން މީހާގެ ނަފުސު ދަހިވެތިކަމުން ތާހިރުކޮށްދީ، މުދަލުގައި ބަރަކާތް ލައްވާކަން ހުތުބާގައި ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގައި ޒަކާތުގެ ދައުރަށް އަލިއަޅުވާލަމުން، މުދަލަކީ ހަމައެކަނި މުއްސަނދިންގެ މެދުގައި ދައުރުވާ އެއްޗަކަށް ވިޔަނުދިނުމަށް ޒަކާތް މުހިންމު ދައުރެއް އަދާކުރާ ކަމަށް ހުތުބާގައި ވިދާޅުވި އެވެ. ކީރިތި ގުރްއާނުގައި ޒަކާތަކީ ނިކަމެތިންނަށް ދެވޭ "ކަނޑައެޅިގެންވާ ހައްގެއް" ކަމުގައި ބަޔާންކުރައްވާފައިވާކަން ހަނދާންކޮށްދެއްވި އެވެ.

މީގެ އިތުރުން، އިސްލާމީ ތާރީހުންނާއި މިޒަމާނުގެ މިސާލުތަކުން ޒަކާތުގެ މުހިންމުކަން ހުތުބާގައި ތަފްސީލުކޮށްދިނެވެ. އެގޮތުން އިންޑޮނޭޝިއާގައި 2024 ވަނަ އަހަރު އެކަނިވެސް 1.35 މިލިއަން މީހުން ޒަކާތުގެ ސަބަބުން ފަގީރުކަމުން ސަލާމަތްވެފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މެލޭޝިއާގައި ޒަކާތުގެ އެހީގައި އަމިއްލަ ފައިމައްޗަށް ތެދުވެ، ޒަކާތް ދޭ މީހުންނަށް ބަދަލުވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ހުތުބާގައި ފާހަގަކުރެއްވި އެވެ.

ހުތުބާ ނިންމާލަމުން، މުދަލުން ޒަކާތް ނުދައްކާ ހިފަހައްޓާ މީހުންނަށް އާހިރަތުގައި އޮތް ގަދަފަދަ އަޒާބުގެ ވާހަކަ ހަނދާންކޮށްދީ، ލަސްނުކޮށް ޒަކާތް ދެއްކުމަށާއި، ދަރިންނަށް އެކަން އުނގަންނައިދީ މުޖުތަމައުގައި ޒަކާތުގެ ނިޒާމު ދިރުވުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކުރެއްވި އެވެ.

ހުކުރު ޚުޠުބާޒަކާތް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މާލީ މުޢާމަލާތްތަކުގައި ތެދުވެރިވެ، ދަރަނިންނާއި ރިބާއިން ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

1 ދުވަސް ކުރިން - 13:00

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މިއަހަރުގެ އޮގަސްޓުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިޔަން ރުފިޔާ

4 ދުވަސް ކުރިން - 23:47

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި، އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

8 ދުވަސް ކުރިން - 12:53

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

15 ދުވަސް ކުރިން - 12:54

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.3 މިލިއަން ރުފިޔާ

19 ދުވަސް ކުރިން - 13:12

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

29 ދުވަސް ކުރިން - 13:25

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%