Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުރީގެ ސަރުކާރުތަކުގައި ދައުލަތުން ވައްކަން ކުރިއިރުވެސް ވަޒީރަކު ވަކިކުރަން ނުކެރުނު: ޝިޔާމް

ކުރީގެ ސަރުކާރުތަކުގައި ދައުލަތުން ވައްކަން ކުރިއިރުވެސް ވަޒީރަކު ވަކިކުރަން ނުކެރުނު: ޝިޔާމް

އައިޝަތު ރުވާ ރިފްޢަތު
95 ދުވަސް ކުރިން - 17 އޭޕްރިލް 2026 12:17
ޕީއެންސީން ބުރާސްފަތި ދުވަހުގެރޭ ޕީއެންސީން ބޭއްވި ޖަލްސާގައި މިނިސްޓަރު ޝިޔާމް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޕީއެންސީ
ޕީއެންސީން ބުރާސްފަތި ދުވަހުގެރޭ ޕީއެންސީން ބޭއްވި ޖަލްސާގައި މިނިސްޓަރު ޝިޔާމް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޕީއެންސީ
ޚުލާސާ

އިންތިހާބު ނިމުމާއެކު ރައްޔިތުން ނިންމެވި ގޮތް ގަބޫލުފުޅު ކުރައްވައި، ރައްޔިތުން އެދުނު ގޮތަށް ކަންކަން އިސްލާހު ކުރެއްވުމުގެ މަސައްކަތް ރައީސް ވަނީ ފަށްޓަވާފައި ކަމަށްވެސް ޝިޔާމް ވިދާޅުވި.

ކުރީގެ ސަރުކާރުތަކުގައި ދައުލަތުގެ މާލިއްޔާއިން ބޮޑެތި ވައްކަންތައް ކުރިއިރުވެސް، އެކަންކަމާ ގުޅިގެން ވަޒީރަކު ވަކިކުރަން ކެރިވަޑައިގެންނެވި ރައީސަކު ފެނިފައިނުވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްގެ މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ހއ. މުރައިދޫން ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ފެނިގެންދިޔައީ "ބަލަދު އަރާފައި" ތިބި މަންޒަރު ކަމަށެވެ. ދައުލަތުގެ ވަތްގަނޑު ހުސްކުރިއިރުވެސް، ރައީސުލްޖުމްހޫރިއްޔާއަށް ހުރިހާ ރައްޔިތުންގެ ބަލަދު އަރައިގެން ވެރިކަން ހިންގިތަން ފެނުނު ކަމަށާއި، ނަމަވެސް މިއަދުގެ ސަރުކާރުން އެފަދަ ކަންކަމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ޕީއެންސީއަކީ ވަކި ރަށެއް ތަފާތުކުރާނެ ޕާޓީއެއް ނޫނެވެ. ކުޑަ ރަށެއް، ބޮޑު ރަށެއް ނުވަތަ ސިޓީއެއް ނުބަލައި، ހުރިހާ ރަށެއްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މުހިންމުވާނެ ކަމަށާއި، މުރައިދޫ ފަދަ އާބާދީ ކުޑަ ރަށަކަށް މި ސަރުކާރުން ދޭ ސަމާލުކަމަކީ އޭގެ އެންމެ ބޮޑު ހެކި ކަމަށް ވިދާޅުވި އެވެ.

Advertisement

Advertisement 1

މިފަހުން ބޭއްވުނު ކައުންސިލް އިންތިހާބަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، ޕީއެންސީއަށް އެ އިންތިހާބުގައި ލިބުނީ "ބީ ރިޕޯޓެއް" ކަމަށެވެ. ވެރިކަމުގައި ތިބެގެން ބީ ރިޕޯޓެއް ހޯދުމަކީ ބައެއް ބޭފުޅުންނަށް ކާމިޔާބީއެއް ނަމަވެސް، ރައީސް މުއިއްޒު ބޭނުންފުޅުވަނީ "އޭ ރިޕޯޓެއް" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންތިހާބު ނިމުމާއެކު ރައްޔިތުން ނިންމެވި ގޮތް ގަބޫލުފުޅު ކުރައްވައި، ރައްޔިތުން އެދުނު ގޮތަށް ކަންކަން އިސްލާހު ކުރެއްވުމުގެ މަސައްކަތް ރައީސް ވަނީ ފަށްޓަވާފައި ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، މިއަދު ފެންނަނީ ވެރިކަމުގެ ނިޒާމަށް އޮތް އިތުބާރު ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ 75 މެންބަރުން ޕީއެންސީގައި ތިއްބެވުމުން، ފަނޑިޔާރުން ވަކިކުރުމުގެ ބާރު އޮތް ނަމަވެސް، އެއްވެސް ނުފޫޒެއް ފޯރުވަން ސަރުކާރުން ބޭނުންނުވާ ކަމަށް ވިދާޅުވި އެވެ. އޭގެ ހެއްކަކީ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރަކަށް ކޯޓުން ކުރި ހުކުމެއް ތަންފީޒުވެ، ގޮނޑި ގެއްލިގެން ދިޔުން ކަމަށާއި، މީގެއިން އެނގެނީ ރައީސް މުއިއްޒަކީ ކޯޓުތަކަށް ނުފޫޒު ފޯރުވާނެ ލީޑަރެއް ނޫންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އިގްތިސާދީ ހާލަތާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ، ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތްއިރު ދައުލަތުގެ ބަޖެޓު އޮތީ ހުސްކޮށްލާފައި ކަމަށެވެ. އިންތިހާބުގެ ފޯރިގަދަ ވަގުތުވެސް ރައީސްގެ އެންމެ ބޮޑު ސަމާލުކަމެއް ހުރީ ކުރީ ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރެއްވުމަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެމަނިކުފާނަށް ކެމްޕެއިނަށްވުރެ މުހިންމުވީ ގައުމު ސަލާމަތްކުރެއްވުން ކަމަށާއި، މިއަދު މި ގައުމު ބަގުރޫޓުވުމުން ސަލާމަތްކޮށްދެއްވައިފި ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ރައީސަށް ތައުރީފު ކުރައްވާފަ އެވެ.

މިނިސްޓަރު އަހްމަދު ޝިޔާމްޕީއެންސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

7 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

7 ދުވަސް ކުރިން - 11:05

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލައިފި

10 ދުވަސް ކުރިން - 18:55

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

10 ދުވަސް ކުރިން - 15:25

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ކިއު ބަންދުވާނެ

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ބަންދުވާނެ

10 ދުވަސް ކުރިން - 15:17

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

11 ދުވަސް ކުރިން - 23:00