Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޔާމީނަކީ ވަރަށް މޮޅު "އިކޮނޮމިސްޓް" އަކަށް ހެދިގެން އުޅުއްވާ ބޭފުޅެއް: ފަލާހު

އައިޝަތު ރުވާ ރިފްޢަތު
186 ދުވަސް ކުރިން - 17 އޭޕްރިލް 2026 11:42
ޕީއެންސީން ބުރާސްފަތި ދުވަހުގެރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޕީއެންސީ
ޕީއެންސީން ބުރާސްފަތި ދުވަހުގެރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޕީއެންސީ
ޚުލާސާ

ފަލާހު ވިދާޅުވީ ދަރަނިތައް ދެއްކުމުން ޔާމީން ދައްކަވަނީ އެއްވެސް އޮއްޓަރެއްނެތް، ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށާއި، އެއީ ދިވެހި ރައްޔިތުން ގުބޯ ހައްދަވަން ދައްކަވާ ވާހަކަތަކެއް ކަމަށް.

މިދިޔަ ސަރުކާރުތަކުން ނަގާފައިވާ އެތައް މިލިއަން ޑޮލަރެއްގެ ލޯނުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަދާކުރުމުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ގޯސްވީ އެ ފައިސާ ދެއްކި ގޮތް ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. މުރައިދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް ޔާމީނަކީ ވަރަށް މޮޅު "އިކޮނޮމިސްޓް" އަކަށް ހެދިގެން އުޅުއްވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން 500 މިލިއަން ޑޮލަރުގެ ލޯނު ދެއްކުމުން އެމަނިކުފާނުގެ ރާގު މިހާރު ބަދަލުވެފައިވާ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

ފަލާހު ވިދާޅުވި ގޮތުގައި، ލޯނު ދެއްކުމުން ރައީސް ޔާމީން މިހާރު ބުނަމުންދަނީ އެ ފައިސާ ދެއްކީ ޕެންޝަން އޮފީހުނާއި، ބީއެމްއެލް އަދި އެކި ގޮތްގޮތުން ލާރި ހަމަކޮށްގެން ކަމަށެވެ. މިކަމަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ބޭރު ގައުމަކުން ލޯނެއް ނެގުމަށްފަހު އެ ލޯނު އަނބުރާ ދެއްކުމަކީ ރާއްޖޭގެ ހަކަތަ ބޭނުންކޮށްގެން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށެވެ.

Advertisement

Advertisement 1

ރައީސް ޔާމީން ދައްކަވަނީ އެއްވެސް އޮއްޓަރެއް ނެތް، ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށާއި، އެއީ ދިވެހި ރައްޔިތުން ގުބޯ ހައްދަވަން ދައްކަވާ ވާހަކަތަކެއް ކަމަށް ފަލާހު ސިފަކުރެއްވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، އިދިކޮޅު ލީޑަރުން ތިއްބެވީ މި ސަރުކާރަށް އެ ދަރަނި އަދާނުކުރެވޭނެ ކަމަށް އުންމީދުކޮށް، އެކަމުގެ އުފާވެރިކަމުގައި ކަމަށެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކުން ހީކުރި ގޮތާ ހިލާފަށް، ޖުމްލަ 524 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން މިހާރު ވަނީ އަދާކޮށްފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ. މިއީ ރައީސް މުޢިއްޒުގެ ހަރުދަނާ އިގްތިސާދީ ސިޔާސަތުގެ ދަށުން ހޯދިފައިވާ ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި، ފަލާހު ވަނީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވާފަ އެވެ.

މެމްބަރު އިބްރާހިމް ފަލާހްޕީއެންސީހއ. މުރައިދޫރައީސް ޔާމީން
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޒިންމާދާރުވާން ޔާމީނަށް ވަޒީރު އިހްސާން ގޮވާލައިފި

ޒިންމާދާރުވާން ޔާމީނަށް ވަޒީރު އިހްސާން ގޮވާލައިފި

8 ދުވަސް ކުރިން - 15:42

ރަސްމާލެ މަޝްރޫއުގެ ބޮޑު އިންވެސްޓްމަންޓާއެކު ޔާމީން ގޮތްހުސްވެ އުނބަށް ޖަހައިފި

ރަސްމާލެ މަޝްރޫއުގެ ބޮޑު އިންވެސްޓްމަންޓާއެކު ޔާމީން ގޮތްހުސްވެ އުނބަށް ޖަހައިފި

9 ދުވަސް ކުރިން - 15:20

މަސްތުވާތަކެތީގެ 'ބޮޑުން' އަތުލައިގަންނަން އިސްލާޙީ ފިޔަވަޅުތަކެއް

30 ދުވަސް ކުރިން - 13:13

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

30 ދުވަސް ކުރިން - 12:36

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

30 ދުވަސް ކުރިން - 12:35

މަސްތުވާތަކެއްޗަށް ފައިނޭންސްކުރާ މީހުން ހޯދައި އަދަބު ދޭނަން: އިހްސާން

މަސްތުވާތަކެއްޗަށް ފައިނޭންސްކުރާ މީހުން ހޯދައި އަދަބު ދޭނަން: އިހްސާން

30 ދުވަސް ކުރިން - 12:34