އީރާނާއި އެމެރިކާ އަލުން މަޝްވަރާ ތައް ފަށާނެ ކަމުގެ ސިގުނަލެއް ދީފި ކަމަށް ޕާކިސްތާނުން ބުނެފިއެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ކަށަވަރު ކޮށްދީފައިވާ ގޮތުގައި ދެ ފަރާތުން ވެސް ވަރަށް އަވަހަށް މަޝްވަރާތައް އަލުން ފެށުމަށް ތައްޔާރަށް ތިބި ކަމަށާއި ނަމަވެސް މަޝްވަރާތައް ބާއްވާނެ ތާރީހަކާއި ތަނެއް އަދި ކަނޑައަޅާފައި ނުވާކަން ފާހަގަކުރެއްވިއެވެ.
މިހާރު ހިނގަމުންދާ ދެ ހަފްތާގެހަނގުރާމަ ހުއްޓާލުމުގައި ލުބުނާނު ވެސް ހިމެނޭ ކަމަށް ޕާކިސްތާނުން ވަނީ ފާހަގަ ކޮށްފައެވެ.
"އީރާނުން ޑިމާންޑް ކުރ ގޮތުގައި ލުބުނާނުގައި ސުލްހަ ގާއިމްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ލުބުނާނަށް ހަމަލާ ދޭ ނަމަ ވޮޝިންޓަން އާއި ތެހެރާނާ ދެމެދު މައްސަލަ ގޯސް ވެދާނެ ކަމުގެ ކަންބޮޑުވުންތައް ފާހަގަކޮށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.










