Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ހޯމް މިނިސްޓްރީ ދަށަށް 9 އިދާރާއެއް

ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ހޯމް މިނިސްޓްރީ ދަށަށް 9 އިދާރާއެއް

މުހައްމަދު ޖަމްޝަތު
142 ދުވަސް ކުރިން - 16 އޭޕްރިލް 2026 12:17
ރައީސް ޑރ. މުއިއްޒު، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާނަށް މަގާމުގެ ފަތްކޮޅު އަރުވަނީ---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާނަށް މަގާމުގެ ފަތްކޮޅު އަރުވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބަދަލަކީ ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި އިސްލާހީ ބަދަލުތަކުގެ ތެރެއިން ގެނެވުނު ބަދަލެއް

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު، ހޯމް މިނިސްޓްރީ ނުވަތަ މިހާރުގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށް 9 އިދާރާއެއް ބަދަލުކޮށްފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީތަކަށް ގެންނެވި ބަދަލާއެކު، ކުރިން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ މެންޑޭޓަށް ބަދަލުތަކެއް އައިސް، އެ ވުޒާރާގެ ނަން މިހާރު ވަނީ "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ" (ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާ) އަށް ބަދަލުކުރައްވާފައެވެ. މި ބަދަލާއެކު، ކުރިން މަތީ ތައުލީމާ ގުޅުންހުރި ވުޒާރާގެ ދަށުން ހިންގަމުންދިޔަ ބައެއް މަސައްކަތްތައް ވެސް މިހާރު ވަނީ ދާހިލީ ވުޒާރާގެ ދަށަށް ބަދަލުކުރެވިފައެވެ.

ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރެވުނު އިދާރާތައް

މި ބަދަލުތަކާއެކު ދާޚިލީ ވުޒާރާގެ ދަށުން ހިންގާ ގޮތަށް ހަމަޖެއްސެވި 9 އިދާރާއަކީ:

Advertisement

Advertisement 1
  1. މޯލްޑިވްސް އިމިގްރޭޝަން
  2. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)
  3. ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)
  4. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
  5. ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ
  6. ލޭބާ ރިލޭޝަންސް އޮތޯރިޓީ
  7. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
  8. މޯލްޑިވްސް ޑިޖިޓަލް ސާވިސް
  9. ނޭޝަނަލް ކެރިއާސް ސާވިސް

މި އިދާރާތަކުގެ ތެރެއިން ނޭޝަނަލް ކެރިއާސް ސާވިސް އަކީ މީގެ ކުރިން މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގަމުންދިޔަ އިދާރާއެކެވެ. ނަމަވެސް، އާ އޮނިގަނޑާއެކު އެ އިދާރާގެ މަސައްކަތްތައް މިހާރު ވަނީ ދާޚިލީ ވުޒާރާގެ މެންޑޭޓުގެ ތެރެއަށް ހިމަނާފައެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވަނީ، ކުރިންވެސް އެ މަގާމުގައި ހުންނެވި އަލީ އިހްސާން އެވެ. މި ބަދަލުތަކާއެކު، ރާއްޖޭގެ ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިންގެ ކަންކަމާއި، ޓެކްނޮލޮޖީގެ ދާއިރާގެ މުހިންމު ގިނަ މަސައްކަތްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް މަގުފަހިވެގެންދާނެއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީމިނިސްޓަރު އަލީ އިހުސާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

11 ދުވަސް ކުރިން - 11:40

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

12 ދުވަސް ކުރިން - 13:11

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

23 ދުވަސް ކުރިން - 10:50

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

25 ދުވަސް ކުރިން - 11:58

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

44 ދުވަސް ކުރިން - 09:28

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

68 ދުވަސް ކުރިން - 09:03