ތުރްކިޔޭގެ ސްކޫލަކަށް އިއްޔެ ދިން ބަޑީގެ ޙަމަލާގައި މަރުވި މީހުންގެ ޢަދަދު 9 އަށް އަރައިފި ކަމަށް އެ ޤައުމުން ބުނެފިއެވެ.
މިއީ 3 ދުވަސް ތެރޭ އެ ޤައުމުގެ ސްކޫލްތަކުގައި ހިނގި ބަޑި ޖެހުމުގެ ދެވަނަ ހާދިސާއެވެ.


އިއްޔެގެ ހާދިސާގައި ވަޒަން އަރައި 8 ދަރިވަރުންނާއި ޓީޗަރަކު މަރުވެފައިވާ ކަމަށާއި، ތިން މީހެއްގެ ޙާލު ސީރިއަސް ކަމަށް ޚަބަރުތައް ބުނެއެވެ.
މީގެ އިތުރުން ވަޒަން އެރި އިތުރު 10 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުންނާއި ޙަވާލާދީ އެ ޤައުމުގެ ޚަބަރުތަކުން ބުނެއެވެ.
ތުރްކިޔޭގެ ފުލުހުން ވަނީ ބަޑި ޖެހި 14 އަހަރުގެ ކުއްޖާ މަރާލާފައެވެ. އޭނާ އަކީ މަތީފަންތީގެ ޕޮލިހެއްގެ ނަފްސާނީ މައްސަލަ ހުންނަ ދަރިއެއް ކަމަށް ފުލުހުންނާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.








