Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެކުޑަކުދިން ހިމެނޭހެން ޣައްޒާގެ 11 މީހުން ޝަހީދު ކޮށްލައިފި

ދެކުޑަކުދިން ހިމެނޭހެން ޣައްޒާގެ 11 މީހުން ޝަހީދު ކޮށްލައިފި

ހުސައިން އިސްމާއިލް
147 ދުވަސް ކުރިން - 15 އޭޕްރިލް 2026 09:59
އިއްޔެ އާއި ރޭ ޣައްޒާގެ އެކި ތަންތަނަށް ޙަމަލާދީ ގިނަ ބަޔަކު ޝަހީދު ކޮށްލައިފި.
އިއްޔެ އާއި ރޭ ޣައްޒާގެ އެކި ތަންތަނަށް ޙަމަލާދީ ގިނަ ބަޔަކު ޝަހީދު ކޮށްލައިފި.
ޚުލާސާ

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން އިސްރާއީލުން ވަނީ ފަލަސްޠީނުގެ ގާތްގަނޑަކަށް 760 މީހުން ވަނީ ޝަހީދުވެފަ

އިސްރާއީލުން ޣައްޒާއަށް އިއްޔެ ދިން ހަމަލާތަކުގައި ދެ ކުޑަކުދިން ހިމެނޭ ގޮތަށް 11 މީހުން ޝަހީދު ކޮށްލައިފިއެވެ. މި މީހުން ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގެ އެކި ސަރަޙައްދުގައި ވަކިވަކިން ދިން ހަމަލާތަކުގައެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޮތޯރިޓީން ބުނީ އަންގާރަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ތިން އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށެވެ.

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބަސާލް ވިދާޅުވީ ޣައްޒާ ސިޓީގައި "ފުލުހުންގެ ވެހިކަލަކަށް އަމާޒުކޮށްގެން ހިނގި ހަމަލާއެއްގައި" ތިން އަހަރުގެ ކުއްޖާ ހިމެނޭ ގޮތަށް ހަތަރު މީހަކު ޝަހީދު ވެފައިވާ ކަމަށެވެ.

Advertisement

Advertisement 1

ޣައްޒާގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ސިޓީ ސެންޓަރުގައި ހުރި ފުލުހުންގެ ވެހިކަލަށް "އަމާޒުކޮށް" ޙަމަލާ ދީފައިވާ ކަމަށެވ. އެ ޙަމަލާގައި ފުލުހަކު ޝަހީދުވި ކަމަށެވެ. މީގެއިތުރުން އުތުރުގެ ބައިތު ލާހިޔާ ސަރަހައްދުގައި އިސްރާއީލުން ދިން ޙަމަލާތަކެއްގައި އިތުރު މީހަކު ޝަހީދު ވެފައިވާ ކަމަށެވެ.

ރޭ ޣައްޒާގެ ސިވިލް ޑިފެންސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ދިން އިތުރު ހަމަލާއެއްގައި ޣައްޒާ ސިޓީގެ ރެފިއުޖީ ކޭމްޕްގެ ކައިރީގައި އެތައް ބަޔަކު ޝަހީދުވިއެވެ.

އަލް ޝިފާ ހޮސްޕިޓަލުގެ މެޑިކްސް އިން ފަހުން ކަށަވަރުކޮށްދިން ގޮތުގައި އެ ރެފިއުޖީ ކޭމްޕް ކައިރީގައި ތިބި 5 މީހަކު ޝަހީދުވިއެވެ. އެއީ މިސައިލާއި ޑްރޯން ހަމަލަތަކެއްގައެވެ

މިދިޔަ އޮކްޓޯބަރު މަހު ފެށިގެން އިސްރާއީލާއި ހަމާސްއާ ދެމެދު "ހަމަލާތައް ހުއްޓާލާފައި" ވީ ނަމަވެސް، އިސްރާއީލުގެ ސިފައިން ކޮންމެ ދުވަހަކު އެ ސަރަހައްދަށް ހަމަލާތައް ދެމުން އަންނައިރު، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ގާތްގަނޑަކަށް 760 މީހުން ވަނީ ޝަހީދުވެފައެވެ.

ޣައްޒާއިސްރާއީލް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

11 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

17 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

20 ދުވަސް ކުރިން - 19:36

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%